ހޮޅުދޫ

ހޮޅުދޫ ފެން ހިންދާ ނިޒާމުގެ ގާއިމު ކުރަން އިންޑިއާ ކުންފުންޏަކަށް

މަޝްރޫއުގެ އެއްބަސްވުމުގައަި ސޮއި ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ:އެންވާރަމަންޓް
0%
0%
0%

ނ. ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް ކުރިއަށް ގެންދަން އިންޑިއާގެ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި ދެ ފަރާތުން ވަނީ ސޮއި ކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ކޮންޓްރެކްޓް ހަވާލު ކުރި އިންޑިއާ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ލީގަލް ރެޕްރެސެންޓޭޓިވް ހަމްދޫން އަނީސެވެ.

ހޮޅުދޫގެ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް 6،56 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 10 މަސް ދުވަހެވެ.

އަދި މި މަޝްރޫއުއަކީ ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދަޑިލެއްމާ

އެމްޓީސީސީ އަށް މި އަހަރު ހުރި މަޝްރޫއުތަކުގެ އަގު ބިލިޔަނަކަށް އަރާނެ ކަމަށް އެމްޓީސީސީގެ އެމްޑީ ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ ސަރުކާރުން ބޮޑެތި ކޮންޓްރެކްޓްސް ތައް ދޭން ޖެހޭނީ އެއީ އެމްޓީސީސީ އަށޭ އެމްޓީސީސީ ކުޅަދާނަ ނަމަ ޖަޕާނުގެ ތަކެނަކާ ކޮންސްޓަރަކްޝަން ކުންފުންނާއި އެކު ޖޭވީ ހަދައިގެން އެެމެން އަންބްރެއްލާ ދަށަށް މާލޭގެ ވަރުގަދަ ކޮންސްޓްރަކްޝަން ކުންފުނި ތައް ސަބްކޮންޓްރެކްޓަރުންނަށް ހަދައިގެން މާލޭ ކޮމާރޝަލް ހާބަރު ނަގާނެ ނޫންތޭ އެން އައި ނޯ އިޓްސް ދަ ޑިލެއްމާ އޮފް ޔުއަރސް...

ބާރނިންގް

އެމްޓީސީސީ އަށް މި އަހަރު ހުރި މަޝްރޫއުތަކުގެ އަގު ބިލިޔަނަކަށް އަރާނެ ކަމަށް ވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިއަދު އެންވަޔަރުމެންޓް މިނިސްޓަރު އިންޑިއާގެ ކުންފުންނަކަށް 650 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް އެ ހަވާލު ކުރީ ނޫނު ހޮޅުދޫ ފެންހިންދާ ނިޒާމް ގާއިމް ކުރަން މީސީދާ ސަރުކާރުގެ %100 ފައިސާއޭ ރައީސް އިބޫ އޮތީ ވައުދުވެފައި ސަރުކާރުގެ ޕްރޮޖެކްޓްސް ތައް ދޭނީ ސަރުކާރުގެ ކުންފުނި ތަކަށް ނުވަތަ ދިވެހި ކުންފުނި ތަކަށޭ އެވައުދު މިހާރު ތަމެން އޮޅާލަނީ ނޫންތޭ ހަމަ މިހާރުން މިހާރަށް އެންވަޔަރުމެންޓް މިނިސްޓަރު ތާ އަތޮޅު ވޭމަންޑުއަނޭ މެން ނަގާ ހޫރާލަންވީއޭ އެެއްގޮތަކަށް ވެސް އެޒާތުގެ ކޮރަޕްޓް ކާރޓެލްސް އިން ކަޓް ޖައްސާ އާލާތުން ސަރުކާރުގެ މިނިސްޓަރުންގެ ގޮތުގައި ބައިތިއްބައިގެން ނުވާނެއޭ މީ އަންހެން ދުޅައިގެ ޒާތަށް ވާހަކަ ދައްކާ އަންހެން ދުޅައިގެ ޒާތަށް ހިނގާ މިިނިސްޓަރުން ނުލާން ޖެހޭ ކަމަކީ ދަ ފަޔަރ ބާރނިންގް އިން މައި އައިޒް...

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345