އީޕީއޭ

އައްޑޫ ގޮޑުދޮށުން ވެލި ނެގި މައްސަލަ ބަލަނީ

އައްޑޫ ސިޓީ ހިތަދޫގެ ގޮޑު ދޮށުން ވެލި ނެގި މައްސަލައެއް ބަލަމުން ގެންދާ ކަމަށް އީޕީއޭއިން ބުނެފި އެވެ.

ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އައްޑޫ ސިޓީގެ ގޮޑު ދޮށުން ވެލި ނެގި މައްސަލައެއް އީޕީއޭއިން ބަލަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅުޅިގެން މައްސަލައިގައި ތުހުމަތުވާ އިންޑިއާ ކުންފުންޏާ ސުވާލު ކުރި ކަމަށެވެ.

އެ މީހުން ބުނާ ގޮތުގައި އެ ސަރަހައްދުން އެ މީހުން ވެއްޔެއް ނުނަގަ އެވެ. އެއީ އެހެން ސަރަހައްދުން ބަރު ކޮށްގެން ގެނައި ވެލި ބަސްތާތަކެކެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓާތަކުން ފެންނަނީ އެކްސްކަވޭޓަރު ބޭނުން ކޮށްގެން ވެލި ނަގަމުންދާ މަންޒަރެވެ.

މީގެ އިތުރުން ހިތަދޫގައި މޫދަށް ވެއްޓުނު އިންޑިއާ ކުންފުންޏެއްގެ އެކްސްކަވޭޓަރަކުން ތެޔޮ ލީކުވެ އެ ސަރަހައްދުގެ މޫދުން ގިނަ އަދަދެއްގެ މަސްތައް މަރުވި މައްސަލައެއް ވެސް އީޕީއޭގެ ސަމާލު ކަމަށް އައިސްފައި ވެއެވެ.

މިހާރު އެ އެކްސްކަވޭޓަރު މޫދުން ނަގާފައިވާއިރު އީޕީއޭގެ ޓީމެއް އެ ސަރަހައްދަށް ގޮސްފައި ވެއެވެ.