ޑރ. ހުސައިން ރަޝީދު ހަސަން

ރާއްޖެ ޖެހޭނީ ޑީސެލް ނޫން ގޮތެއް ހޯދަން: މިނިސްޓަރު

ތިމާވެއްޓާބެހޭ މިނިސްޓަރު ޑރ. ހުސައިން ރަޝީދު
0%
100%
0%

ރާއްޖެއިން ޑީސެލް ނޫން ގޮތެއް ހޯދައިގެން ތިބުން މުހިއްމު ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅު ވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރޭ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވަހަކަފުޅެއްގަ އެވެ.

ރާއްޖެ ޓީވީގައި ހުސައިން ރަޝީދު ވިދާޅުވީ 2030 ވަނަ އަހަރަށް ނެޓް ޒީރޯ އެމިޝަން ގައުމަކަށް ހަދަން ވަރަށް ގިނަ ކަން ކަން ބަދަލު ކުރަން ޖެހޭ ކަމަށާއި ޒަމާނުއްސުރެ ދިވެހިން ބަރޯސާ ވަމުން އަންނަ ޑީސެލް ޖެނަރޭޓަރަށް އަޅައި އެ ތެޔޮ އަންދައިގެން އުޅޭ އުޅުމަށް ނިންމުމަކަށް ގެނެސް ގުދުރަތީ ގޮތުން ލިބިފައި ހުރި ވަސީލަތްތަކަށް ދާން ޖެހެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެފަދަ ގުދުރަތީ ވަސީލަތް ތައް ބޭނުން ކޮށްގެން ކަރަންޓް އުފައްދަން ފުރުސަތު އެބަ އޮތް ކަމަށެވެ.

އަދި ވިދާޅުވި ގޮތުގައި ރާއްޖޭގެ ޖީޑީޕީގެ 10 ޕަސެންޓް ހޭދަކުރަނީ ތެލަށެވެ. ރާއްޖެ އެތެރެ ކުރާ ތެލުގެ 80 ޕަސެންޓަކީ ޑީސަލެވެ. އެ ޑީސެލްގެ 60 ޕަސެންޓް ހެދަކުރަނީ ކަރަންޓަ ށެވެ. އަނެއް 40 ޕަސެންޓު ހޭދަ ކުރަނީ ދަތުރު ފަތުރަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސަލްވާ

ފެން އެޔައް ރީޕްލޭސް ކޮއްބަލަ.އަތްފޯރާ ފަށުގަ ހުރިއެއްޗެއްނު އެއި

ނަޒީމް

މޮޅު ވާހަކަ ދެއްކިޔަސް ނުނިމޭނެ.. ކުރިއަށް ޑޮކްޓަރ ކިޔަކަސް އަދި ކަން ކަން ކަމއް ނުވާނެ. ކަން ކަން ވާނީ ސިޔާސީ ވިސްނުން ދޫކޮއްލާ ގައުމާއި ރައްޔިތުންނަށް އިހްލާސްތެރިވެގެން ،، އެންމެ ފުރަތަމަ ޕާރޓީ ވިސްނުމުގައި މަސައކަތް ކުރާ ވެރިން މި ގައުމުގައި މިހާރުގެ ސަރުކާރު ގަ އިސްމަގާމުތަކުގައި ތިބީ.. އަމިއްލަ އެދުމުން ފޯވެ ވައްކަމާ ހިޔާނަތް ހައްދުފަހނާ އަޅާފައިވަނީ މިނިވަން މުވައްސަސާ ތަކުން ފެށިން ރައްޔިތުން މަޖިލިސް ، ޖޫޑިސަރީ، ރައީސުކް ޖުމްހޫރިއްޔާ ގެ އޮފީސްވެސް.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345