ތިލަފުށި

ތިލަފުށި ފަރުގައި ކެމިކަލް ހުރިތޯ ބަލަނީ

ތިލަފުށީ ފަރުގެ ސަރަހައްދުގައި ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް، އިންސާނުންނަށް ގެއްލުން ހުރި ކެމިކަލެއް ހުރިތޯ ބަލައިދޭނެ ބަޔަކު ހޯދަން އެންވަޔަރަމެންޓް މިނިސްޓްރީން އިއުލާނެއް ކޮށްފި އެވެ.

މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް ޕްރޮޖެކްޓްގެ ދަށުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތިލަފުށި ފަރުގައި ހުރި މިންވަރު ދެނެގަތުމަށް ދިރާސާއެއް ފަރުމާކޮށް ކުރިއަށް ގެންދަން ކޮންސަލްޓެންސީ މަސައްކަތް ކުރާނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަދި އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ދިރާސާ ކުރަން ޝައުގުވެރިވާ މީހުން މަސައްކަތް ކުރުމުގެ ގާބިލްކަން ސާބިތުކޮށް ދިނުމަށްޓަކައި، ދާއިރާއާއި ގުޅުން ހުރި ލިޔެކިޔުންތައް ހުށަހަޅަން ޖެހެ އެވެ. އަދި މަސައްކަތާއި ގުޅޭގޮތުން ސުވާލެއްވާނަމަ، ޑިސެންބަރު އެކެއްގެ ކުރިން އީމެއިލް ކުރަން އެދިފައި ވެއެވެ.

ދިރާސާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ސުންގަޑިއަކަށް ކަނޑައަޅާފައި ވަނީ އަންނަ މަހު ހަވަނަ ދުވަހުގެ ހައެއް 11:00 ގެ ނިޔަލަށެވެ.