ކުނި މެނޭޖް ކުރުން

"ރިސޯޓުން ކުނި އެޅުން ހުއްޓުވޭނީ ގަވައިދު އިސްލާހު ކޮށްގެން"

ރިސޯޓްތަކުން ކަނޑަށް ކުނި އެޅުން ހުއްޓުވޭނީ ޓޫރިޒަމް ގަވައިދު އިސްލާހު ކޮށްގެން ކަމަށް ތިމާވެށި މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަަސަން ވިދާޅުވެއްޖެ އެވެ.

ރިސޯޓްތަކުން ކަނޑަށް ކުނި އަޅާ މައްސަލަ ބޮޑުވެ އެކަން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީން ވެސް މިއަހަރު ކުރީ ކޮޅު ބެލިއެވެ.

އެ މައްސަލައާ ގުޅޭގޮތުން މިއަދު މިނިސްޓަރު ހުސައިން މަޖިލީހުގައި ވިދާޅުވީ ކަނޑަށް ކުނި އަޅަނީ ޓޫރިޒަމްގެ ބައެއް ގަވައިދުތަކުގެ ދަށުން ބައެއް ބާވަތްތަކުގެ ކުނި ކަނޑަށް އަޅަން ހުރަސް ނާޅާތީ ކަމަށެވެ. އަދި އެގޮތަށް އެކަން އޮންނާތީވެ ރިސޯޓްތަކުން ކަނޑަށް ކުނި އަޅާކަމާއި އަދި އެ ކުނިތައް ރަށްރަަށަށް ލައްގާ ކަމަށެވެ.

އެކަން އިސްލާހު ކުރަން މިހާރު މަޝްވަރާތައް ކުރައްވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

"ފަތުރުވެރިކަމުގެ ދާއިރާއިން ކަނޑަށް ކުނި އެޅުމަކީ ބޮޑު މައްސަލައެއް. އަޅުގަނޑުމެން އުއްމީދު ކުރަނީ ޓުއަރިޒަމް މިނިސްޓްރީން ހައްދަވާފައި އޮތް އެ ގަވައިދު ދާދި އަވަހަށް އިސްލާހުކުރެވި އެ މައްސަލަ ހައްލުކުރެވިގެންދާނެ ކަަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން މި މައްސަލައިގައި މަޓީން ބުނެފައި ވަނީ ކަނޑަށް ކުނި އެޅުން ކުއްލިއަަކަށް ހުއްޓުވައިފިނަމަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެކަމަށާއި އެހެން ކަމުން އެކަމަށް ވަގުތު ބޭނުންވާ ކަމަށެވެ.

ރިސޯޓްތަކުން ކަނޑަށް އާންމުކޮށް އުކާލަނީ ކާބޯތަކެތިން އުފެދޭ، ފަސޭހައިން ހަލާކުވާ ކުންޏެވެ