ހަބަރު

ބ. ކެޔޮދޫއަށް ކުނި އަޅާ މައްސަލަ ބަލަނީ

ފަޅު ރަށެއް ކަމަށްވާ ބ. ކެޔޮދޫ ގޮނޑުދޮށް ކުނި އަޅާފައި -- ފޮޓޯ: ސޯޝަލް މީޑިއާ
0%
0%
100%

ފަޅު ރަށެއް ކަމަށްވާ ބ. ކެޔޮދޫއަށް ކުނި އަޅަމުންދާ މައްސަލައެއް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

އީޕީއޭއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ބ. ކެޔޮދޫއަށް ކުނި އަޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުންނާ ގުޅިގެން އެ މައްސަލަ ބަލަމުންދާ ކަމަށް ބުންޏެވެ.

އީޕީއޭއިން ބުނީ ކުނި ނައްތާލުމަށް އުސޫލުތަކެއް ކަނޑައެޅިވާ ކަމަށާއި އުސޫލަށް ބެލުމެއް ނެތި އެފަދަ ގޮތަކަށް ކުނި އަޅަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

ބ. ކެޔޮދޫގެ ގޮނޑުދޮށް ސަރަހައްދަށް ކުނި އަޅާފައިވާ މަންޒަރުތައް ހިމެނޭ ބައެއް ފޮޓޯތައް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާކުރި ބައެއް ފަރާތްތަކުން ވަނީ އެއީ ބ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއްގެ މެނޭޖްމަންޓަކުން ކުރަމުންދާ ކަމެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އާމިރު

ބ.އަތޮޅުގައި ކެޔޮދޫއެއް އޮވޭތަ؟

ފިނޮޅުތޭ

ރިސޯޓެއްގެ ކުނިން ފަޅު ރަށެއް ގޮނޑުކޮށްލައިފި ނަމަ އެއަތޮޅުގައި އޮންނަ އަތޮޅު ކައުންސިލް އެއީ ކިއެއްކުރާ ބަޔެއްތޭ އެމެން އެބަޖެހޭ ޒިންމާ ދާރުވާން ދެން ބޮޑެތި މުސާރަ ދީފައި އަތޮޅު ކައުންސިލް ތައް ތިބުމުގެ ބޭނުމަކީ ކޮބައިތޭ އެކަމަކު ބާ އަތޮޅުގައި ހުރި ރިސޯރޓްސް ތަކޭ އެންމެ ބޮޑަށް ފުއްޕާފައި ބުނަނީ ތިމަންނާ މެން މިތިބީ ތިމާވެށި ހިމާޔަތް ކުރުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިގެންނޭ ތިޔާ ގޮއިދޫ އާއި ގާތުގައި ހުރި ރިސޯރޓްސް ތައް ޗެކް ކުރަންވީ ޔަގީނޭ އެމެން ކަމަކަށް ކަން ތިޔާ ކަންވާނީ...

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345