އީޕީއޭ

ސާފުކުރުމުގެ ދުވަހު އިދާރާތަކުން ބައިވެރިވާން އެދެފި

Sep 11, 2022
އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ގިނަ އަދަދެއްގެ ކުނި އަޅާފައި: ދުނިޔޭގެ ސާފުކުރާ ދުވަހު މުއައްސަސާތަކުން ބައިވެރިވުމަށް އީޕީއޭ އިން ވަނީ އެދިފައި
0%
0%
0%

ދުނިޔެ ސާފުކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކި އިދާރާތަކުން ސާފު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން އެދިއްޖެ އެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 17 ވަނަ ދުވަހަކީ ދުނިޔެ ސާފުކުރުމުގެ ދުވަސް ކަމަށްވާތީ ސަރުކާރުގެ އިދާރާތަކާއި، ސްކޫލްތަކާއި، ރިސޯޓުތަކުގެ އިތުރުން މިނޫންވެސް އެހެން ފަރާތްތަކުން ސާފުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގަން އެދޭ ކަމަށެވެ.

ސާފުކުރުމުގެ ޕްރޮގްރާމް ރާވާ ފަރާތްތަކުން، ސާފުކުރާ ދުވަހުގެ ވެބްސައިޓްގައި ރަޖިސްޓާކޮށް، ވެބްސައިޓުގައި އެ ޕްރޮގްރާމް ހިމަނަންޖެހެ އެވެ.

އީޕީއޭ އިން ބުނީ މިގޮތަށް ވެބްސައިޓުގައި ހިމެނޭ ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ވޮލެންޓިއަރުންނަށް ވެސް އެ ވެބްސައިޓުގައި ރަޖިސްޓާކޮށް، ބޭނުންވާ ސާފުކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެވޭނެ ކަމަށެވެ.

އީޕީއޭ އިން ބުނެފައިވަނީ ކުނި މެނޭޖްކުރުމުގެ ގަވާއިދާ އެއްގޮތަށް ސާފުކުރެވޭ ކުނި މެނޭޖްކުރަން ވާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345