ކުނި މެނޭޖް ކުރުން

ތިލަފުށީގެ ކުނީގެ މައްސަލަ ހައްލުވާނީ 2023 ގައި: މިނިސްޓަރު

އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަނީ---
0%
0%
0%

ތިލަފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ލިބޭނީ 2023 ގައި ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ ތިލަފުށީގައި މެހި އާލާވެ ދުން އެރުމުގެ މައްސަލަ ހައްލު ނުވާ ސަބަބާ ގުޅޭ ގޮތުން ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހުގައި ކުރެއްވި ސުވާލުގައި ދެއްވި ޖަވާބުގަ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރުން ފެށިގެން ތިލަފުއްޓަށް ކުނި ޖަމާކޮށް ހާމައަށް ކުނި އަންދަމުން ދެއެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަކީ ހަރަދު ބޮޑުކަމެއް ކަމަށާއި އަދި އެކަމަށް ކުރިއްސުރެ އިންވެސްޓްމަންޓްތައް ކޮށްފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

" މި ކުނިގޮނޑަކީ އޭގެ އަމިއްލަ ޒާތުގައިވެސް ހުޅު ރޯވެ އަނދަމުންދާތަނަކަށް ވާތީވެ މިކަމަށް ހާއްސަ މެޝިނަރީތަކެއް ނެތި އޭގެ އެހީއާ ނުލައި އެތަނުގައި އަލިފާން މިހާރު ނިއްވައެއް ނުލެވޭނެ. އެއީ ނުރައްކާތެރި އެކަމުގައި ބޮޑެތި ރިސްކުވެސް ހިމެނޭކަމެއް. މިތަނަކީ ބަަޔޯޑިގްރޭޑަބަލް ކުނި ޖަމާކުރަމުންދާ ތަނެއް. އެހެންކަމުން މިފަދަ ތަކެތި ފަނާވެ ދިއުމުން ފުޅައިގެ ސަބަބުން މެހި އާލާވޭ. އަދި އަށަގަންނަ ބެކްޓީރިއާގެ ސަަބަބުން ގޮނޑުގަ އެކި ދިމަދިމާލުގައި މީތޭން ގޭސް އުފެދޭ. އޭގެ ސަބަބުން އަލިފާން ރޯވަމުންދާކަން ވަނީ ފާހަގަކުރެވިފައި." މިނިސްޓަރު ވިދާޅުވި އެވެ.

ދުންއެރުމާއި މެހި އާލާވުން މިދިޔަ އަހަރު ނުހުއްޓުވުނީ ކޮވިޑާ ގުޅިގެން ރާއްޖެ ގެންނަން އުޅުނު މެޝިނަރީތައް ނުގެނެވިގެން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެން ނަމަވެސް މިއަހަރުގެ މޭ މަހުގެ ނިޔަލަށް ހުރިހާ މެޝިނަރީތައް ގެނެވޭނެކަމަށް ވިދާޅުވި އެވެ.

" ގިނަ މެޝިނަރީތައް މިހާރުވަނީ ތިލަފުއްޓަށް ވަނީ ގެނެވިފައި. ކަމަށް ބޭނުންވާ ހުރިހާ މެޝިނަރީތައް ގެނެސް ނިމޭނެ ކަމަށް ކޮންޓްރެކްޓަރުން މިހާރު ބުނެފައިވަނީ މިއަހަރުގެ މޭމަހުގެ ނިޔަލަށް. ހުރިހާ މެޝިނަރީތައް ގެނެވި މަސައްކަތް ފަށައި ތިލަފުށީގެ ގޮނޑުން ދުން އެރުން މިއަހަރުގެ ނިޔަލަށް ހުއްޓުވޭނެކަމަށް ގަބޫލުކުރެވޭ" މިނިސްޓަރު ވިދާޅުވި އެވެ.

ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިނުވެ މިނިސްޓްރީން ޕްލޭން ކުރެވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށ ތިލަފުށީގެ ކުރި މެނޭޖްކުރަށް 2023 ވަނަ އަހަރުގެ ފަހު ކުއާޓާގައި ތިލަފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް އަންނާކެމަަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ގަރާޖަކަށް 70 ވެހިކަލް

ވެރިކަން ނިމި މޫނު ކަފަ އަޅަން ވީމަ ދޯ

ލލ

ހައްތަހާވެސް ބަހަނާ! ރާއްޖޭގެ އެއްވެސްކަމަކަށް ޙައްލެއްނުލިބޭނެ. ކޮންމެމީހަކުވެސް ބޭނުންވަނީ މަޤާމެއް. ލިބުނީމަ އެނިމުނީ! ދެންހައްތަހައިދައްކާނީ ތިކަހަލަވާހަކަ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345