ތިމާވެށި

ކެމިކަލް މެނޭޖް ކުރާނެ ސްޓްރެޓަޖީ އެކުލަވައިލާނެ ބަޔަކު ހޯދަނީ

މާލޭގެ ކެމިކަލް ގުދަނެއް ސިފައިން ބަލައި ފާސް ކުރަނީ: ކެމިކަލް މެނޭޖް ކުރުމުގެ މައްސަލަ ރާއްޖޭގައި އެހާ ތަރުތީބެއް ނޫން -- ފޮޓޯ އެމްއެންޑީއެފް
0%
0%
0%

ރައްކާތެރި ކަމާއެކު ކެމިކަލް މެނޭޖް ކުރާނެ ސްޓްރެޓަޖީ، އެވެއާނެސް ކެމްޕޭނެއް އެކުލަަވައިލާ ދޭނެ ބަޔަކު ހޯދަން އެންވަޔަރަންމެންޓް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

މިއީ އެންވަޔަރަންމެންޓް މިނިސްޓްރީން ހިންގާ އެލިމިނޭޓިން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތުރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް ޕްރޮގްރާމް ގައި ހިމެނޭ ދެ މަސައްކަތެކެވެ.

ޔޫއެންޑީޕީ އާއި އެންވަޔަރަމެންޓް މިނިސްޓްރީން ގުޅިގެން ކުރާނެ މި ދެ މަސައްކަތަށް ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީން 3,675,000 އެމެރިކާ ޑޮލަރު ފަންޑު ކުރެ އެވެ. އަދި 65،000 އެމެރިކާ ޑޮލަރު ޔޫއެންޑީޕީން ދެ އެވެ.

މިނިސްޓްރީގެ އިއުލާނު ބުނާ ގޮތުން މި މަސައްކަތުގެ ފްރީބިޑް ބައްދަލުވުން އަންނަ ފެބްރުއަރީ ދެ ވަނަ ދުވަހުގެ 10:00 ޖަހާއިރު އޮންނާނެ އެވެ. ޝައުގުވެރިވާ ފަރާތްތައް ބީލަން ހުށަހަޅާނީ ފެބްރުއަރީ 16، 2021 ވަނަ ދުވަހުގެ 11:00 ގެ ކުރިންނެވެ.

މި މަސައްކަތުގެ ޝަރުތުތަކާއި މަސައްކަތާ ގުޅޭ އިތުރު މައުލޫމާތު އެންވަޔަރަމެންޓް މިނިސްޓްރީން ލިބެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345