ކުނި މެނޭޖް ކުރުން

މާލެ ސިޓީގައި ކުނި މެނޭޖް ކުރުން ހަރުދަނާ ކުރަން މަޝްވަރާ ކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބޭއްވެވި ބައްދަލުވުން: އެ މަނިކުފާނު ވަނީ ކުނި މެނޭޖް ކުރުމާ ބެހޭ ގޮތުން އިދާރާތަކާއެކު މިއަދު މަޝްވަރާ ކުރައްވާފައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

މާލެ ސިޓީގައި ހިމެނޭ ރަށްތަކުގެ ކުނި މެނޭޖް ކުރުން ހަރުދަނާ ކުރަން އިދާރާތަކާއިއެކު ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިއަދު އެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައި ކުނި މެނޭޖް ކުރުމާބެހޭ އިދާރާތަކުގެ ބޭފުޅުންނާއެކު ނައިބު ރައީސް ވާހަކަފުޅު މަޝްވަރާތައް ކުރެއްވި ކަމަށެވެ. އަދި ވެމްކޯއިން މިހާރު ކުނި ނެގުމުގައި ގެންގުޅޭ ގޮތްތަކާއި އުސޫލުތައް ހަރުދަނާކުރުމާއި، އެ ކުންފުނީގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވި ކަމަށެވެ.

މީގެ އިތުރުން މާލެ ސިޓީ ސާފުތާހިރުކޮށް، ބެލެހެއްޓުމަށް ކުރާ މަސައްކަތްތައް ވެސް ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ނައިބުގެ އެ ބައްދަލުވުމުގައި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި މާލެ ސިޓީ ކައުންސިލާއި ވެމްކޯގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345