ހަބަރު

މުދާ ބަރުކުރަނިކޮށް ޓަގް ބޯޓެއް އަރިއަޅާލައިފި

އެމްއެންޑީއެފްގެ އިސް ތަރްޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ހުޅުމާލޭގައި މުދާ ބަރުކުރަމުންދިޔަ ޓަގް ބޯޓެއް އަރިއަޅާލާފައިވާ ކަމަށެވެ. “އަމިން ކެރިއަރ 2” ނަމަކަށް ކިޔާ ޓަގް ބޯޓް އަރިއަޅާލާ ދިޔަވަމުންދާތީ ކޯސްޓްގާޑްގެ ސްކޮޑްރަން އިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

އާޒިމް ވިދާޅުވީ މުދާ ބަރުކުރަނިކޮށް ޓަގް ބޯޓެއް އަރިއަޅާލި ކަމުގެ މައުލޫމާތު ލިބުނީ ބާރަ ގަޑި ބައި އެހާކަން ހާއިރު ކަމަށެވެ.