އެޑްވަޓޯރިއަލް

ޓްރީޓޮޕް ކްލިނިކަލް ފާމަސީ: ބޭހުން އެންމެ ފުރިހަމަ ނަތީޖާ!

Dec 10, 2019

ބަލި މީހުންނަށް ދެވޭ ސިއްހީ ފަރުވާ އިން އެންމެ ފުރިހަމަ ނަތީޖާއެއް ލިއްބައިދިނުމަށް ބާރުއެޅުމުގެ ގޮތުން، ޓްރީ ޓޮޕް ހޮސްޕިޓަލުން އާ ހީދުމަތެއް ދޭން ފަށައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފުކޮށްފައިވާ "ކްލިނިކަލް ފާމަސީ" ހިދުމަތުގައި ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ދިނުމުން، އެ ބޭސް ފާމަސީ އިން ނަގާ ވަގުތު އެ ހޮސްޕިޓަލުގެ ހާއްސަ މާހިރުންގެ އިރުޝާދު ލިބިގެންދާނެ އެވެ. ބޭސް ނަގާ ވަގުތު ކްލިނިކަލް ފާމަސިސްޓުން ކަމަށްވާ ޑރ. ސަޝިކާންތު މޯރޭ އާއި ޑރ. މެތިއުސް ޒޭވިއާގެ ހާއްސަ އިރުޝާދު ދެއްވާނެ އެވެ. މި ހިދުމަތަކީ އެއްވެސް އަގަކާއި ނުލައި އެ ހޮސްޕިޓަލުން ދޭން ފަށާފައިވާ ރާއްޖެ އަށް މުޅިންއާ ހިދުމަތެކެވެ.

މި ހިދުމަތް މެދުވެރިކޮށް ބޭސް ބޭނުންކުރުމުގައި ރައްކާތެރިކަމާއެކު އެންމެ ފުރިހަމަ އަށް ބޭހުގެ ނަތީޖާ ލިބިދޭނެ އިރުޝާދުތައް ލިބިގެންދާނެ އެވެ. އަދި އެ ބޭހަކުން ލިބިދާނެ ގެއްލުމަކުން ބަލި މީހުން ރައްކާތެރިވާނެ ގޮތްތައް ވެސް މި ހިދުމަތް މެދުވެރިކޮށް ކިޔައިދޭނެ އެވެ.

ޑޮކްޓަރުން ދޭ ބޭސް ނުރަނގަޅު ގޮތެއްގައި ބޭނުންކުރެވި ނުވަތަ ތިމާ އަށް ނޭނގި އެ ބޭހުން ގެއްލުމެއް ލިބިއްޖެނަމަ ލިބޭ ގެއްލުން މާ ބޮޑެވެ. އެހެންކަމުން މި ހިދުމަތް މެދުވެރިކޮށް އެންމެ ފުރިހަމަ މައުލޫމާތު ބަލި މީހާ އާއި ބޭސް ނަގާ ފަރާތައް ލިބިގެންދާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ، އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ، މީހުންނަށް އަވަސް ފަރުވާއެއް ލިބި، ސިއްހީ ފަރުވާ އަށް ކުރަންޖެހޭ ހަރަދުވީހާ ވެސް ކުޑަކުރުމެވެ.

ކްލިނިކަލް ފާމަސީގެ ދަށުން ދެވޭ ހިދުމަތްތަކުގެ ތެރޭގައި:

  • ޑޮކްޓަރު ދީފައިވާ ބޭސްތައް ޗެކްކޮށް، ފުރިހަމަ ބޭސް ސިޓީއެއް ތައްޔާރު ކުރުން
  • ބޭސް ސިޓީގައިވާ ހުރިހާ ބޭސްތައް ލިބޭ ތޯ ޗެކްކުރުމާއި، ނުލިބޭ ބޭސް ތަކަށް އެހެން ބޭހެއް ދިނުން
  • ބޭސްތައް ބޭނުންކުރުމުގެ މަގްސަދު އަދި މުހިންމުކަން ކިޔާދިނުމާއި، ބޭސް ނަގާނެގޮތާއި ރައްކާކުރާނެ ގޮތުގެ އިރުޝާދުތައް ދިނުން
  • ބޭހުން ކުރާނެ އަސަރުތަކާއި ސައިޑް އިފެކްޓްތައް ކިޔައިދިނުން
  • ބޭހާއެކު ކުރަންޖެހޭ އިތުރުކަންކަން ( މިސާލަކަށް އުނގުޅަންޖެހޭ ބޭސްތަށް ބޭނުން ކުރަންވީ ގޮތް ) ކިޔައިދިނުން
  • އެޑްމިޑްކުރެވިފައިވާ ބަލި މީހުންގެ ބޭސްތައް މޮނީޓާ ކުރުން

ފުރިހަމަ ގޮތުގައި ބޭސްނެގުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކްލިނިކަލް ފާމަސީ ހިދުމަތް އިހްތިޔާރުކުރުމަށް އެ ހޮސްޕިޓަލުން ބާރު އަޅަ އެވެ. ކްލިނިކަލް ފާމަސީގެ ހިދުމަތް އައިޕީޑީ އަދި އޯޕީޑީގެ ހިދުމަތްވެސް ދެ އެވެ.