ޓްރީ ޓޮޕް ހޮސްޕިޓަލް

ލޭޒާ ހެއާ ރިމޫވަލް ތައާރަފުކޮށް ޓްރީ ޓޮޕުން 15 ޕަސަންޓް ޑިސްކައުންޓެއް

ޓްރީ ޓޮޕް ހޮސްޕިޓަލުން ލޭޒާގެ ޒަރިއްޔާއިން އިސްތަށި ނައްތާލުމުގެ ހިދުމަތް ތައާރަފްކޮށް 15 ފަސަންޓުގެ ޑިސްކައުންޓަކާ އެކު ހިދުމަތް ދޭން ފަށައިފި އެވެ.

ލޭޒާ ހެއާ ރިމޫވަލްގެ ހިދުމަތްތައް ފޯރުކޮށްދޭނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަމުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުންގެ ބެލުމުގެ ދަށުންނެވެ. އަދި މި މަހުގެ ނިޔަލަށް މި ހިދުމަތް ހޯދާ ފަރާތްތަކަށް ޑިސްކައުންޓު ލިބޭނެކަމުގައި ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީޓޮޕުން މައުލޫމާތުދޭ ގޮތުގައި މި ޕްރޮސީޖާތައް ފުރިހަމަ ކުރުމަށް ހޮސްޕިޓަލުން ބޭނުންކުރާނީ އަލްމާގެ ހާމޮނީ އެކްސްއެލްގް ޒަމާނީ ވަސީލަތެކެވެ. އަދި އެ މެޝިނަކީ ހަމުގެ އެކި ކަންބޮޑުވުންތަކަށް ފަރުވާކުރުމަށް ރައްކާތެރި ވަސީލަތެކެވެ.

ލޭޒާ ހެއާ ރިމޫވަލް އަކީ ލޭޒާ ބޭނުންކޮށްގެން އިސްތަށިތަކުގެ ރޫޓްތަކަށް އަމާޒުކޮށްގެން އިސްތަށި ނައްތާލުމަށް ކުރެވޭ މެޑިކަލް ޕްރޮސީޖަރެކެވެ. ލޭޒާ އިން އިސްތަށި ނައްތާލުމަކީ ބޭނުން ނުވާ ތަންތަނުގައި ހުންނަ އިސްތަށިތަކުން ސަލާމަތްވުމަށް ދިގު މުއްދަތަކަށް ލިބޭނެ ފައިދާހުރި، ފަސޭހަ ހައްލެކެވެ. މި ޕޮރޮސީޖާ އަކީ މާލީ ގޮތުން އަދި ކުރު ވަގުތުކޮޅެއް ނަގާ ކަމަކަށް ވާތީ ގިނަ ބަޔަކު އިހްތިޔާރު ކުރާ ޕްރޮސީޖާ އެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑަމަޓޮލޮޖީ އެންޑް ވެނިރިއޮލޮޖީ ޑިޕާޓްމަންޓުން ހަންގަނޑާއި، އިސްތަށިގަނޑުގެ ބަލިތައް ދެނެގަނެ ފަރުވާދެ އެވެ. މަދުން ނޫނީ ނުފެންނަ ހަމުގެ ބަލިތަކަށްވެސް އެ ޑިޕާޓްމެންޓުން ފަރުވާދެ އެވެ.