ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕްގައި ހިތުގެ ސްކްރީނިންއަށް 10 ޕަސަންޓް ޑިސްކައުންޓް

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިތުގެ ސްކްރީނިން ޕެކޭޖުތަކުން 10 ޕަސެންޓުގެ ޑިސްކައުންޓް ދިނުމަށް ނިންމައިފި އެވެ.

ހިތުގެ ދުޅަހެޔޮކަން ބެލުމަށް ހާއްސަކޮށްފައިވާ މި ޕެކޭޖަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕެކޭޖް ތަކުގައި ހިމެނެނީ:

ހެލްތީ ހާޓް ޕެކޭޖް

މިއީ އުމުރުން 30 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ހާއްސަކޮށްގެން ހިންގާ ސްކްރީނިން ޕްރޮގްރާމެކެވެ. މިޕެކޭޖްގައި ހިމެނެނީ ހިތުގެ ބަލިތައް ދެނެގަތުމަށް ހެދޭ ޓެސްޓުތެކެވެ. އެގޮތުން ކްލިނިކަލް އެގްޒާމިނޭޝަން، މެޑިކަލް ހިސްޓްރީ، އިސްކޮޅާއި ބަރުދަން ބެލުމާއި، ބީއެމްއައި އަދި ބްލަޑް ޕެރެޝަރު ބެލުން ހިމެނެ އެވެ. މޭގެ އެކްސްރޭ އަކާއި، އެކޯޓެސްޓަކާއި، އީސީޖީ އެއްގެ އިތުރުން ކާޑިއެކް ސްޓްރެސް ޓެސްޓް ވެސް ހިމެނެ އެވެ. އަދި ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހެދުމާއި ޓެސްޓްތަކުގެ ނަތީޖާއާއިއެކު ޑޮކްޓަރަށް ވެސް ދައްކައިދެ އެވެ.

މީގެއިތުރުން މި ޕެކޭޖުގައި 12 ލެބޯރަޓްރީ އިންވެސްޓިގޭޝަން ހިމެނެ އެވެ. އެއީ ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިންގ ބްލަޑް ގުލަކޯޒް، ޔުރިއާ، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން، ހޯމޯސިސްޓީން ހިމެނެއެވެ.

ކުރިން މި ޕެކޭޖްގެ އަގަކީ 4،000 ރުފިޔާ އެވެ. ޑިސްކައުންޓުގެ ދަށުން 3،600 ރުފަިޔާއަށް މިޕެކޭޖު ލިބޭނެ އެވެ.

ސްޓްރޯންގް ހާޓް ޕެކޭޖް

އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހިތުގެ ސްކްރީނިން ޕެކޭޖުގައި ކްލިނިކަލް އެގްޒާމިނޭޝަން ތަކުގައި މެޑިކަލް ހިސްޓަރީ ބެލުމާއި، އިސްކޮޅު އަދި ބަރުދަން ބެލުމާއި، ބޮޑީ މާސް އިންޑެކްސް އަދި ލޭގެ ޕްރެޝަރު ބެލުން ހިމެނެ އެވެ

މި ޕެކޭޖުގެ ދަށުން ވެސް ޑައިގްނޮސްޓިކް ޓެސްޓުތަކުގެ ތެރޭގައި މޭގެ އެކްސްރޭ އަކާއި އެކޯކާޑިއޮގްރާމްގެ އިތުރުން އީސީޖީ އަދި ކާޑިއެކް ސްޓްރެސް ޓެސްޓް ހެދެ އެވެ. އަދި އޯޕީޑީ ކޮންސަލްޓޭޝަން ތެރޭގައި ކްލިނިކަލް ޑައިޓީޝަނަކަށް ދައްކައި ހާއްސަ ކެއުމުގެ ޕްލޭނެއް ހަދައި އަދި ޓެސްޓްތަކުގެ ނަތީޖާއާއިއެކު ޑޮކްޓަރަށް ދެއްކުން ހިމެނެ އެވެ.

މީގެއިތުރުން މި ޕެކޭޖުގައި ވެސް 12 ލެބޯރަޓްރީ އިންވެސްޓިގޭޝަން ހިމެނެ އެވެ. އެއީ ފުލް ބްލަޑް ކައުންޓް، އުރިތްރޮސައިޓް ސެޑިމެންޓޭޝަން ރޭޓް، ގްލައިކޭޓެޑް ހީމޮގޮލޮބިން، ފާސްޓިން ބްލަޑް ގުލަކޯޒް، ކްރިއެޓައިން، ޔޫރިކް އެސިޑް، ސޯޑިއަމް، ޕޮޓޭސިއަމް، ލިޕިޑް ޕޮރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިން ހޯމޯން، ސީއާރްޕީ (ވާރިއޯ) އެވެ.

ކުރިން މި ޕެކޭޖްގެ އަގަކީ 4،200 ރުފިޔާ އެވެ. ޑިސްކައުންޓުގެ ދަށުން 3،780 ރުފަިޔާއަށް މިޕެކޭޖް ލިބޭނެ އެވެ.