ޓްރީ ޓޮޕް ހޮސްޕިޓަލް

ބޮލާއި ކަރުގެ ކެންސަރުގެ ސާޖަރީއެއް ކާމިޔާބުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ބޮލާއި ކަރުގެ ކެންސަރުގެ ހާއްސަ ސާޖަރީއެއް ކާމިޔާބުކޮށްފި އެވެ.

މިސާޖަރީގައި އިސްކޮށް އުޅުއްވި، ކަރުން މަތީ ބަލިތަކުގެ ހާއްސަ ކޮންސަލްޓަންޓް ޑރ ރާޖޭޝް ވާލާންދް ވިދާޅުވީ އެއީ ފައިބްރޮއިޑް ޓިޝޫ ނައްތާލަަން ކުރި އޮޕަރޭޝަނެއް ކަމަށެވެ.

"މި ސާޖަރީއަކީ ބަލިމީހާގެ ކަރުގައި އުފެދިފައިވާ ޓިއުމަރަކާ އެކު އެ ހިސާބުގައި ހުރި ގުޅިފައިވާ ލިމްފް ނޯޑްސް އާއި ފައިބްރޮއިޑް ފެޓީ ޓިޝޫ ނައްތާލުމަށް ކުރެވުނު އުނދަގޫ އޮޕަރެޝަނެއް" ޑޮކްޓަރު ވިދާޅުވި އެވެ.

މިސާޖަރީ އަކީ ކަރުގެ ލިމްފް ނޯޑްސް އަށް ފެތުރިފައިވާ ކެންސަރު ނައްތާލުމަށް ކުރެވޭ ސަރޖަރީ އެކެވެ.

ލިމްފް ނޯޑްސް އަކީ މުޅި ހަށިގަނޑުގައި އެކި ހިސާބުތަކަށް ފެތުރިފައި ހުންނަ ތޮޅީގެ އޮށުގެ ބައްޓަމަށް ހުންނަ ކުދި މުހިއްމު ގްލޭންޑް ތަކެކެވެ.

ހަށިގަނޑުގެ އެހެން ހިސާބެއްގައި ކެންސަރު ސެލްތައް އުފެދި އަދި ނާރުތަކުން ފެތުރުމުގެ ސަބަބުން ލިމްފް ނޯޑެއްގައި ޖެހި ކެންސަރު އިތުރަށް ގޯސްވެ ނުރައްކާ ބޮޑުވެގެންދެ އެވެ. އަދި ކެންސަރުގެ އަސަރު ހުރި މިފަދަ ލިމްޕް ނޯޑާއި އެ ހިސާބުގައިވާ ޓިޝޫ ތަކުގެ ސަބަބަބުން ހަށިގަނޑުގެ އެހެން ދިމާލަކަށް ކެންސަރު ފެތުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިއޮޕަރޭޝަންކޮށް ފަރުވާ ހޯދި ބަލިމީހާ-- އިބްރާހިމް އަނީސް ބުނީ ޓްރީޓޮޕް އިހްތިޔާރުކުރީ އިތުބާރުކުރެވޭތީ ކަމަށެވެ.

"ޑރ ރަޖޭޝްއަށް ކުރެވޭ އިތުބާރާއި މިދާއިރާއިން އޭނާ ހޯދާފައިވާ ތަޖުރިބާގެ ސަބަބުން، އަދި އުމުރުން 71 އަހަރުގައި ކެންސަރު ޖެހިފައިވާކަން އެނގުމާއި އެކު އެކަމަށް ފަރުވާ ހޯދުމުގައި ރާއްޖެއިން ބޭރަށް ދަތުރުނުކޮށް އާއިލާ ކައިރީގައި ހުރެގެން ފަރުވާ ހޯދެވެނުކަމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އަނީސް ބުނެފައިވެ އެވެ.

ޓްރީޓޮޕްގައި ކުރި މިސާޖަރީއަކީ އެ ހޮސްޕިޓަލުގައި ކުރި މިފަދަ ފުރަތަމަ ސާޖަރީ އެވެ.