ހަބަރު

ޖަލުން ފިލި މީހާ ހޯދާ ހައްޔަރުކޮށްފި

Dec 12, 2019

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓާ ފިލި މީހާ ހޯދާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ބަންދުގައި ހުއްޓާ ފިލީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަކީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރުމަށް މާލެ ފޮނުވުމަށް މި މަހުގެ ނުވަވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއް ކަމަށެވެ.

އެމީހާ ފިލާފައިވަނީ މިއަދު އެވެ. ފުލުހުން ބުނީ ފިލި މީހާ މިހާރު ހޯދާ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.