އެޑްވަޓޯރިއަލް

ޓްރީ ޓޮޕްގައި ނާރުގެ ބަލިތަކާ ބެހޭ ގިނަ ފަރުވާ ތަކެއް

Dec 19, 2019
1

ޓްރީޓޮޕް ހޮސްޕިޓަލް ވުޖޫދަށް އައުމާއެކު، ގިނަ ބަޔަކު ތިބީ އުންމީދިގަ އެވެ. ސަބަބަކީ "ބަލި އެނދުގައި" އޮތް ސިއްހީ ދާއިރާ އަށް އާ ހިދުމަތް ތަކެއް ތައާރަފުވުމުގެ އުންމީދުގަ އެވެ. އެ ހޮސްޕިޓަލް ވުޖޫދަށް އައުމާއެކު އެ އުންމީދު މި ވަނީ ހާސިލްވާން ފަށާފަ އެވެ. ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅު ހިދުމަތްތަކެއް މިދަނީ ތައާރަފު ކުރަމުންނެވެ. އެ ހޮސްޕިޓަލުން ފޯރުކޮށް ދޭ ހިދުމަތްތަކުގެ ތެރޭގައި އެންމެ ހާއްސަ އެއް ފަރުވާއަކީ ނާރުގެ ބަލިތަކުގެ ފަރުވާ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނިއުރޯލޮޖީ ޑިޕާޓްމަންޓަކީ ނާރު ތަކަށް ޖެހޭ ބަލިތައް ދެނެގަނެ، އެ ބާވަތުގެ ބަލިތަކަށް ފަރުވާދެވޭ ތަނެވެ. މިގޮތުން ދެވޭ ފަރުވާގެ ތެރޭގައި އޮޕަރޭޝަންކުރުމާއި ބަލީގެ ބާވަތުން ކައުންސެލިން ދޭންޖެހޭ ހާލަތުގައި ކައުންސެލިން ދިނުން ވެސް ހިމެނެ އެވެ.

މި ތަނުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ބަލި ފަސޭހަކުރުމަށް ނުވަތަ ރަނގަޅުކުރުމަށް އެންމެ އެޑްވާންސްޑް ފަރުވާދެވެ އެވެ. ފަރުވާ ދިނުމުގައި ތަޖުރިބާކާރު ނިއުރޯލޮޖިސްޓުންނާއި ނިއުރޯސާޖަނުންނާއި ރޭޑިއޯލޮޖިސްޓުން އަދި ފިޒިއޯތެރްޕިސްޓުން ގުޅިގެން މަސައްކަތް ކުރެ އެވެ.

ނިއުރޯލޮޖީ ޑިޕާރޓްމަންޓުން ދޭ ހިދުމަތްތަކާއެކު ފަރުވާ އޭގެ އެންމެ ފުރިހަމަގޮތުގައި ފޯރުވައިދިނުމަށް ތެރަޕީގެ ހިދުމަތްދޭ ރީހެބިލިޓޭޝަން ޓީމު ވެސް ބައިވެރިވެ އެވެ. އެ މީހުންގެ ދައުރަކީ ބަލިން ރަނގަޅުވެ އާދައިގެތޮގެއްގައި ދިރިއުޅުމަށް ވާސިލުވުމަށް އެކި މީހުންނަށް ބޭނުންވާ ތަފާތު ހިދުމަތްދިނުމެވެ.

ފަރުވާދެވޭ ކަންތައްތައް:

  • ސިކުނޑިއަށް ގެއްލުންވެ، ލޭ އައުން
  • ސިކުނޑީގައި ޓިއުމާ އުފެދުން (ބްރެއިން ޓިއުމާ)
  • ސިކުނޑީގެ ލޭހޮޅިތަކަށް ޖެހޭ ބަލިތައް
  • މައި ބަދައިގައި ޓިއުމާ އުފެދުން އަދި އެނޫން ވެސް ބަދަލުތައް އައުން
  • ސިކުނޑީގައި ލޭގަނޑުވުން ނުވަތަ ލޭހޮޅިބެދުން، ވެއްޓޭބަލި، މަލްޓި ޕްލްސުކްލެރޯސިސް އަދި ނާރުތައް ގެއްލުންވުމުން ނުވަތަ ބަލި ކަށިވުމުންޖެހޭ ޑިމެންޝިއާ އާއި ޕާކިންސަންސް ޑިސީޒް ފަދަ ބައްޔެއްޖެހުމުން ބަލި މީހާ އަށް ބޭނުންވާ ކައުންސެލިންގް ދިނުން

ލިބޭ ހިދުމަތްތައް:

  • ސީ.ޓީ ސްކޭން
  • އެމް އާރު އައި
  • އެމް އާރު އޭ
  • ޑޮޕްލާ އަލްޓްރާސައުންޑް

ނިއުރޯ ފިޒިއޮލޮޖީގެ ހިދުމަތްތައް

ނިއުރޯ ފިޒިއޮލޮޖީއަކީ ސެންޓްރަލް އަދި ޕެރިފެރަލް ނާރުތަކާއި ބެހޭ ނިޒާމާއި ކައްޓާއި ގުޅިފައިވާ މަސްތަކަށް ދިމާވާ މައްސަލަތައް ބަލާ ތަޙްލީލްކުރުމަށް ކުރާ ޓެސްޓު ތަކެވެ. މި ޓެސްޓް ތަކަކީ ކޮންމެ އުމުރުފުރައެއްގެ ކޮންމެ މީހަކަށްވެސް ފަސޭހަކަމާއެކު ހެދޭ ޓެސްޓު ތަކެކެވެ. އާންމުކޮށް މި ފަދަ ޓެސްޓުތަކުގައި މަސްގަނޑާއި މައިބަދައިގެ ތެރޭގައިވާ ނާރުތައް އަދި ސިކުނޑީގައި ހިނގާ ހަރަކާތްތައް އިލެކްޓްރޯޑްތަކެއްގެ ޒަރީއާ އިން ރެކޯޑް ކުރެވެ އެވެ. އަދި މި ޓެސްޓުތައް ހެދުމަށްޓަކައި އެއްވެސް ބޭހެއް ބޭނުން ނުވާއިރު މި ޓެސްޓުތަކުން ހަށިގަނޑަށް އެއްވެސް ތަދެއް އަދި ނޭދެވޭ އަސަރެއް ނުކުރާނެ އެވެ. މި ހޮސްޕިޓަލުން ކުރިއަށްގެންދާ ޓެސްޓުތަކުގެ ތެރޭގައި އީއީޖީ އަދި އީއެމްޖީ ހިމެނެ އެވެ. އަދި މި ޓެސްޓްތަކުގެ ސަބަބުން ފިޓް ޖެހުމާއި ސްޓްރޯކް އަދި އެކިއެކި ނާރުގެ ބަލިތަށް ދެނެގަނެވި އަވަސް ފަރުވާއެއް ދިނުމަށް މަގު ފަހިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިހުރިހާ ޙިދުމަތްތަކެއް ދިނުމުގައި ބޭނުންކުރެވެނީ އެންމެ ޒަމާނީ އަދި ފެންވަރު ރަނގަޅު ވަސީލަތްތަކައެވެ. އަދި ނާރުގެ ބަލިތަކަށް ޙާއްސަ ޑޮކްޓަރެއް ކަމައްވާ ޑޮކްޓަރ އަނިޝް ލޯރެންސް އަދި ނާރުގެ ބަލިތަކުގެ އޮޕަރޭޝަނަށް ޙާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ ހުއާން ލޮރީޑޯވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގައި މި ބަލިތަކަށް ފަރުވާދެއްވަ އެވެ. ނާރުގެ ބަލިތަކަށް އެޕޮއިންމަންޓް ހެއްދެވުމަށް 3351610 ގުޅާލެވޭނެ އެވެ. އަދި އޮންލައިން ގެސްޓް ޕޯޓަލް ގެ ޒަރިއްޔާއިން ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެ އެވެ.