ޓްރީ ޓޮޕް ހޮސްޕިޓަލް

މާސްކް އާއި އަންގި ބޭނުންކުރާނީ ކިހިނެއް ؟

May 6, 2020
1

ކޮވިޑް-19 ގެ ވައިރަހުން ރައްކާތެރިވުމަށްޓަކައި ބޭރަށް ދާނަމަ މާސް އަޅަން ސިއްހީ މާހިރުން ލަފާދެ އެވެ. އަދި ގިނައިން އަތް ދޮވުމާއި ބޭރަށް ދާނަމަ އަންގި އެއް ބޭނުން ކުރުމަކީ ރަނގަޅު ކަމެކެވެ. އެހެންވެ ގިނަ ބަޔަކު މާސްކް އަޅައި، އަންގި ލައްވައިގެން އުޅޭތަން ފެނެ އެވެ. މާސްކް އާއި އަންގި ބޭނުން ކުރާނީ ކިހިނެއް ހެއްޔެވެ؟

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި ވީޑިއޯގައި އެވަނީ މާސް އެޅުމާއި އަންގި ލެއްވުމުގައި އަމަލު ކުރެވިދާނެ އެންމެ ރަނގަޅު ގޮތެކެވެ. މާސް އަޅައި، އަންގި ލެއްވުމަށްފަހު އެ ނެގުމުގައި ވެސް ރައްކާތެރިވާން ޖެހެ އެވެ. އަދި ވިޔަފާރި ކުރަން ގިނަ ބަޔަކު ގޮސް އުޅޭ ފިހާރަތަކަށް ދާނަމަ އަންގި ލެއްވުމަކީ ކުރަން ޖެހޭ ކަމެކެވެ. މީގެ ސަބަބުން ރައްކާތެރިކަން އިތުރުކޮށްދެ އެވެ.