ހިޔާ މަޝްރޫއު

އެޕިކް ޝެލްޓާ އިން ހިޔާ ފްލެޓަށް އުންމީދު

Aug 16, 2021
އެޕިކް ޝެލްޓާ އިން ތައާރަފުކޮށްފައިވާ ޕެކޭޖުތަކާ ބެހޭގޮތުން އަވަސް އަށް އިންޓަވިއު ދެނީ

"ހިޔާ ފްލެޓަކީ" އެތައް ބައެއްގެ ބޯހިޔާވަހިކަމުގެ އުއްމީދުތަކާ ގުޅިފައިވާ ތަނެކެވެ. ފްލެޓު ހޯދަން ކުރި ދަތުރު ނިމި ހަވާލުވުމާ ގާތްވެފައިވީ ނަމަވެސް އަދިވެސް މި އުންމީދުތައް މުޅިން ފުރިހަމައެއް ނުވެ އެވެ. މި އުއްމީދުތައް އެއްކޮށް ފުރިހަމަވާނީ ފްލެޓް ތަކަށް ވަދެވިގެންނެވެ. އެކަމަށްޓަކައި އަދި ފައިސާ ތަކެއް ހަރަދުކޮށް އިންތިޒާރުތަކެއް ވެސް ކުރަން ޖެހެ އެވެ. ވަދެވޭއިރު އެތަނަކީ އެންމެ ފުރިހަމަ ތަނަކަށްވާން ޖެހެ އެވެ.

އެހެންވެ ހިޔާ ފްލެޓްތައް ފުރިހަމަކޮށް ހަދައިދޭނީ ކޮން ބައެއް ހެއްޔެވެ؟ އެ ތަން ނިންމަން "ފުލް ސޮލިއުޝަން" ދޭނެ ބަޔަކީ ކޮބައި ހެއްޔެވެ؟ - އެ ބަޔަކީ ލަކްސް އިންވެސްޓްމަންޓުގެ އެޕިކް ޝެލްޓާ އެވެ.

ލަކްސް ކުންފުނީގެ އެންމެ ފަހުގެ ޕްރޮޑަކްޓް ކަމަށްވާ އެޕިކް ޝެލްޓާ އިން ވަނީ ފްލެޓުގެ ހައްގުވެރީންނަށް ހެޔޮ އަގުތަކެއްގައި ރަނގަޅު ފެންވަރުގެ ސާމާނާ އެކު އެޕާޓްމެންޓް ހެދޭނެ ޕެކޭޖްތަކެއް ތައާރަފް ކޮށްފަ އެވެ. އެ ކުންފުނިން ދެނީ މި ފްލެޓަށް ވަންނަ މީހުންނަށް އެންމެ ބޭނުންވާ އުއްމީދެވެ.

އެއް ތަނަކުން ހުރިހާ ހިދުމަތެއް

އެޕިކް ޝެލްޓާގެ ހިދުމަތް ތަކާއި އެކު ހިޔާ ފްލެޓްތަކަށް ބޭނުންވާ ހުރިހާ މަސައްކަތް ތަކަކާއި ތަކެއްޗެއް އެއްތަނަކުން ލިބިގެންދާނެ އެވެ. ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ތެރޭގައި ތަފާތު ޕެކޭޖުތަކެއް ބޭނުންވާ ފަރާތްތަކަށް ތަފާތު ޕެކޭޖުތަކެއް ލިބޭ ޕްރޮޑަކްޓް ތަކެއް ވެސް އެބަހުއްޓެވެ. އެޕިކް ޝެލްޓާ އިން ތައާރަފް ކޮށްފައިވާ ޕެކޭޖު ތަކުން މިހުރިހާ ފަރާތް ތަކަށް ވެސް ބޭނުން ހިފޭނެ އެވެ.

ފަރުނީޗަރު ހެދުމުގެ އިތުރުން ކަސްޓަމަރުންގެ އަތުގައި ހުރި ފަރުނީޗަރާއި އެހެން ތަކެތި އެޕާޓްމެންޓަށް ބަދަލުކުރުމުގެ ހިދުމަތް އެޕިކް ޝެލްޓާ އިން ފޯރުކޮށްދޭނެ އެވެ. އަދި ތަން ސާފު ކުރުމާއި އޭސީ ހަރުކުރުން ފަދަ ހިދުމަތްތައް ވެސް އެޕިކް ޝެލްޓާ އިން ވަނީ ތައާރަފް ކޮށްފަ އެވެ. މި ހުރިހާ ކަމެއް ވެސް އެޕިކް ޝެލްޓާ އިން ކުރިއަށް ގެންދާނީ އެކަމަކަށް ހާއްސަ ކުންފުނިތަކާއި ގުޅިގެންނެވެ.

ޕެކޭޖްތައް ފަރުމާ ކޮށްފައިވަނީ އެންމެ އަސާސީ މަސައްކަތްތަކުން ފެށިގެން ކޮމްޕްލީޓް ސޮލިއުޝަން އަދި މޫވިން ސާވިސް ވެސް ހިމެނޭ ގޮތަށެވެ. އަދި އިންފިޔުޒް އާއި ގުޅިގެން ސަބްސްކްރިޕްޝަން ބޭސްޑް ހައުސްކީޕިން ސާވިސް އަދި އޭސީ ހަރުކުރުން ފަދަ ހިދުމަތްތައް ވެސް އެޕިކް ޝެލްޓާއިން ވަނީ ތައާރަފް ކޮށްފަ އެވެ. މި ހުރިހާ ކަމެއް ވެސް އެޕިކް ޝެލްޓާ އިން ކުރިއަށް ގެންދާނީ އެކަމަކަށް ހާއްސަ ކުންފުނިތަކާއި ގުޅިގެންނެވެ.

މި މަސައްކަތުގައި އެޕިކް ޝެލްޓާ އައި އެކު ބައިވެރި ވަނީ ރެއިންބޯ، އަޒްމީލް ޑިޒައިން ހައުސް، މުނި ހޯމްކެއާ، ނެކްސްރޯ، ރެފް ކޫލް، ދިވެހި އިންޝުއަރެންސް، އެވޯން، ކަލާ ލޭންޑް، އާރުއޯ މޯލްޑިވްސް، އުނިކާ އަދި ލައިފްސްޓައިލް ބައި އިންފިއުސް އެވެ.

ތަނަށް ހާއްސަ ފަރުނީޗަރު

މި ޕެކޭޖު ތަކުގެ ދަށުން ފަރުނީޗަރު ހެދުމާއި ތަނުގެ އިންޓީރިއާ ޑިޒައިންގެ މަސައްކަތް ކުރިއަށް ގެންދާ އެންމެ އިސް ޕާޓްނަރަކީ "އަޒްމީލް ޑިޒައިން" ހައުސް އެވެ. އަޒްމީލް ޑިޒައިން ހައުސް އަކީ މި މަސައްކަތުގައި 10 އަހަރުގެ ތަޖުރިބާ ހޯދާފައިވާ އުފެއްދުންތެރި ކުންފުންޏެކެވެ.

ހިޔާ ފްލެޓް ތަކުގެ އެޕާޓްމެންޓް ތަކަކީ ޖާގައިގެ ގޮތުން ކުޑަ ތަނަކަށް ވާތީ ފަރުނީޗަރު ހެދުމާއި އިންޓީރިއާ ޑިޒައިނިންގައި މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ވީހާ ވެސް ތަނަވަސް ވާނެ ގޮތަކަށް ޑިޒައިންތައް ހަދާފައި ވާނެ ކަމަށް އަޒްމީލް ޑިޒައިން ހައުސްގެ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު އަޒްމީލް ވިދާޅުވި އެވެ.

އެޕިކް ޝެލްޓާގެ ޕެކޭޖު ތަކުގައި ފަރުނީޗަރުތައް ހުންނާނީ އެކައްޗަކުން ވީހާ ވެސް ގިނަ ބޭނުންތަކެއް ކުރެވޭ ގޮތަށެވެ. ޖާގައިގެ ދަތިކަން ހައްލު ކުރުމަށްޓަކައި ތަނަށް ހާއްސަކޮށް ހަދާފައިވާ މި ފަރުނީޗަރުތަކުގެ ތެރޭގައި ކަބަޑްސެޓް ފަދަ ތަކެތި ހުންނާނެ އެވެ. އެގޮތުން އެނދާއި ސޯފާ ސެޓުގައި ވެސް ކަބަޑުތަކާއި ވަތްގަނޑުތައް ހުންނާނެ އެވެ. އަދި އަލަށް ފްލެޓު ހަދައިގެން ވަންނަ އިރު ގެންދާ ހަރު މުދަލަކީ ގިނަ ދުވަހު ބޭނުން ކުރެވޭނެ ތަކެއްޗަށް ހެދުމަށްޓަކައި މި ކުންފުނިން ފޯރުކޮށްދޭ ތަކެތި ހަދާފައި ހުންނާނީ ފެންވަރު ރަނގަޅު ސާމާނު ބޭނުންކޮށްގެންނެވެ.