އެމްޑަބްލިއުއެސްސީ

ފެން ކުންފުނީ ފްލެޓްތައް ޖޫންގައި ދޭނެ

ސަރުކާރުގެ "ހިޔާ" މަޝްރޫއުގެ ތެރެއިން ފެން ކުންފުނިން އެޅި ދެ ޓަަވަރުގެ ފްލެޓްތައް އަންނަ ޖޫން މަހު ދޫކުރެވޭ ވަރުވާނެ ކަަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ޝާހު އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެ ކުންފުނީގެ ދެ ޓަވަރުގައި މަސައްކަތުގެ 95 ޕަސެންޓްނިމިފައިވާ ކަަމަށާއި ހުރިހާ މަސައްކަތެއް ނިންމަން އަންނަ މޭ މަހުގެ ނިޔަލަށް މުއްދަތު ވެސް އިތުރު ކޮށްފައިވާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ތެރެއިން އެ ކުންފުނިން ދެ ޓަވަރު އަޅާފައިވާ އިރު ކޮންމެ ޓަވަރެއްގައި 199 ފްލެޓް ހިމެނެ އެވެ. އެއިން ކޮންމެ ޓަވަރަކުން 55 ފްލެޓް ސަރުކާރަށް ދިނުމަށް ފަހު ބާކީ ފްލެޓްތައް ދޭނީ އެ ކުންފުނީގެ މުވައްޒަފުންނަށެވެ.

ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ބައެއް މުވައްޒަފުން އެޕްލިކޭޝަން ހުށަހަޅާފައި ވެއެވެ. އަދި ބާކީ ހުރި ފްލެޓްތަަކަށް ވެސް ކުރިމަތިލާން ވަރަށް އަވަހަށް ހުޅުވާލާނެ އެވެ. ފްލެޓަށް އެދެން އަލަށް ހުޅުވާލާއިރު ދެ ޓަވަރުގައި އެއް ރޫމްގެ 48 ފްލެޓާއި ދެ ރޫމްގެ 27 ފްލެޓް އަދި ތިން ރޫމްގެ 11 ފްލެޓް ހިމެނެ އެވެ.

"މި ފްލެޓްތަަކަށް ހުޅުވަލައި މުވައްޒަފުން އެޕްލިކޭޝަން ލުމުން އިވެލުއޭޓްކޮށްފަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކުރާނަން."