އެމްޑަބްލިއުއެސްސީ

އިސްކުރު ފެން: ބުއިމަށް އެންމެ ރައްކާތެރި

Mar 22, 2021

ރާއްޖޭގެ ތިމާވެށި ހަޑި ކުރާ އެންމެ ބޮޑު އެއްޗަކީ ޕްލާސްޓިކް ފުޅި އެވެ. ޕްލާސްޓިކުން ތިމާވެށި ރައްކާތެރި ކުރެވެން އޮތް ގޮތަކީ ޕްލާސްޓިކް ފުޅި ނޫން ގޮތެއް ހޯދުމެވެ. އެގޮތަކީ ކޮބައި ހެއްޔެވެ؟ މިކަމަށް އޮތް އެންމެ ބޮޑު ހައްލަކީ އިސްކުރު ފެނަށް ދިއުމެވެ. ޒަމާނުއްސުރެން ފެށިގެން ދިވެހިން ބޯން ބޭނުންކުރި އިސްކުރު ފެނަށް ދިއުމެވެ. ދުނިޔޭގެ ފެނުގެ ދުވަސް މިއަދު ފާހަގަ ކުރާއިރު އެންމެ ބޮޑަށް ވިސްނަން ޖެހޭ ކަމަކީ މި އެވެ. ބައިނަލްއަގުވާމީ ގޮތުން މިއަދު ފެނުގެ ދުވަސް ފާހަގަ ކުރާއިރު ވިސްނަން ޖެހޭ ކަމަކީ މި އެވެ.

ފެނުގެ މައްސަލައަކީ ހާއްސަކޮށް މާލެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. ނަމަވެސް ބިމުން ލޮނު ފެން ނަގައި ރީތި ފެނަށް ހެދުމަށް އެކަމަށް ފުދޭވަރެއްގެ ބޮޑު ހައްލެއް ލިބެ އެވެ. އެކަން އެހެން އޮންނާތީ ބައެއް މީހުން މާބޮޑު ފަރުވާލެއް ނެތި ފެން އިސްރާފު ކުރާ މީހުން އުޅެ އެވެ. މި އަހަރުގެ ފެނުގެ ދުވަހާ ގުޅިގެން ރާއްޖޭގައި ފެން އުފައްދާ އެމްޑަބްލިިއުއެސްސީގެ ހާއްސަ މެޖެސެއް އެބަ އޮތެވެ. އެ ކުންފުނިން އެދެނީ ވީހާ ވެސް ބޮޑަށް ބުއިމުގައި އިސްކުރު ފެން ބޭނުން ކުރުމެވެ.

އިސްކުރު ފެން ބޯނަމަ އޭގެން ތިމާވެއްޓަށް ވެސް އެތައް ފައިދާއެއް ކުރާނެ އެވެ. ކޮންމެ ދުވަހަކު އުކާލަން ޖެހޭ ޕްލާސްޓިކް ފުޅި މަދުވެ ފެން އުފެއްދުމަށް ކުރާ ހަރަދުތައް ވެސް އެތައް ތަނަކުން ކުޑަވެގެން ދާނެ އެވެ.

އެ ފެނަކީ ބޯން އެންމެ ރައްކާތެރި ފެން ކަން މިއަދު ވެސް އެމްޑަބްލިއުއެސްސީ އިން ޔަގީން ކޮށް ދެއެވެ. އެ ކުންފުނިން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ ފެނުގެ ކޮލިޓީ ހިފެހެއްޓުމަށެވެ.