އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ "އެކުވެރި ރޯދަ 30: އުމްރާ 3 ދަތުރު" ލިބޭ ނަސީބުވެރިން ހޮވައިފި

ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހަނދާނީ ލިޔުން ހަވާލުކުރަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
0%
0%
0%

އެމްޑަބްލިއުއެސްސީ އަށް 30 އަހަރު ފުރުމުގެ މުނާސަބަތާއި ރޯދަ މަހާއި ގުޅުވައިގެން "އެކުވެރި ރޯދަ 30: އުމްރާ 3 ދަތުރު" ގެ ނަމުގައި އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ބިލް ދައްކާ ޑޮމެސްޓިކް ކަސްޓަމަރުގެ ތެރެއިން ގުރުއަތުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަންގެ ތިން ނަސީބުވެރިން ހޮވައިފި އެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިންގެ ގޮތުގައި ގުރުއަތުން ހޮވުނީ ޝަމްރޫޒް އިބްރާހީމް، ދަފްތަރު ނަންބަރު ދރ. 1672 އާއި މުހައްމަދު ސަރާހް، އުދަރެސް، ތ. ތިމަރަފުށި އަދި އަލީ ނާޒިމް، ގ. ރަންދެލިގެ، މާލެ، އެވެ.

މި ނަސީބުވެރިންނަށް އުމްރާ ދަތުރު ހަމަޖައްސައިދެނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށެވެ.

އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ނަސީބުވެރިންނަށް އުމްރާ ދަތުރު ލިބުނުކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދާއި ބޯޑުގެ މެންބަރުންނެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހަނދާނީ ލިޔުން ހަވާލުކުރަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި ސީނިއާ މެނޭޖްމަންޓް ޓީމް އަދި މުވައްޒަފުން ބައިވެރިވި އެވެ.

ރޯދަމަހާއި ގުޅުވައިގެން އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސްކޮށް ދިނުމާއެކު ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިއުއެސްސީ ގެ އެޕް އަސް އަހުލުވެރިކުރުމުގެ ގޮތުން މިދިޔަ މާޗް މަހުގެ 1 އިން މާޗް 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ގިނަ އަދަދެއްގެ ޑޮމެސްޓިކް ކަސްޓަމަރުން ބައިވެރިވެ ރަނގަޅު ތަރުހީބެއް ލިބުނުކަން އެމްޑަބްލިއުއެސްސީ އިން ފާހަގަކުރެ އެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހަނދާނީ ލިޔުން ހަވާލުކުރަނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް

އެމްޑަބްލިއުއެސްސީ އިން ބުނީ އުމްރާ ދަތުރު ލިބުނު ފަރާތްތަކުން އެ ދަތުރު ބޭނުން ނުކުރެވޭނަމަ އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށާއި ނަމަވެސް އުމްރާ ދަތުރު ފައިސާއަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އެމްޑަބްލިއުއެސްސީގެ ބޯޑުގެ މެންބަރުންނާއި މެނޭޖްމަންޓާޢި މުވައްޒަފުންގެ ނަމުގައި ވަނީ މަރުހަބާ ކިޔާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910