އެޑްވަޓޯރިއަލް

ރެސްޕިރޭޓަރީ އެކްސަސައިޒެއް މުހިންމު

May 4, 2020

ބްރީތިން އެކްސަސައިޒް ނުވަތަ ރެސްޕިރޭޓަރީ އެކްސަސައިޒުގެ މުހިންމުކަން ވަރަށް ބޮޑެވެ. ހާއްސަކޮށް ގޭގައި ކަސްރަތު ކުރުމާ ދުރުވެ، ތިބޭން ޖެހިފައިވާ މިފަދަ ދުވަސް ވަރެއްގައި މިފަދަ ކަސްރަތެއް ކޮން މެހެން ވެސް ކުރަން ޖެހެ އެވެ. މި ފަދަ ކަސްރަތެއްގެ ސަބަބުން ހަށި ގަނޑުގެތެރޭގައި އޮކްސިޖަން ދައުރު ކުރުން އިތުރުކޮށްދެ އެވެ. ނޭވާލާން އިތުރަށް ފަސޭހަ ކޮށްދެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ މި ވީޑިއޯގައި އެ ވަނީ މި ފަދަ "ރެސްޕިރޭޓަރީ އެކްސަސައިޒެއް" ކުރެވި ދާނެ ފަސޭހަ ގޮތެކެވެ. މި ފަދަ އެކްސައިޒެއް ކުރަން އިތުރު އިކްއިޕްމަންޓް ތަކެއް ބޭނުމެއް ނުވެ އެވެ. ހަމައެކަނި ބޭނުންވަނީ ޓިޝޫ ކޮޅަކާއި އެކަމަށް ދޭން ޖެހޭ މަދު ވަގުތު ކޮޅެކެވެ.