ޓްރީޓޮޕް ހޮސްޕިޓަލްގެ ބްރެސްޓް ޗެކް ޕްރޮގްރާމް އަކީ ޑރ. ނީޒާ އާއެކު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ޕްރޮގްރާމް އެކެވެ. މި ޕްރޮގްރާމް އެންމެ ފުރަތަމަ ފެށީ ބްރެސްޓް ކެންސާ ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ގޮތުގަ އެވެ. މި ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ބްރެސްޓް ޗެކް ޕްރޮގްރާމް ތައާރަފުކޮށް މިހާރު ހަފުތާއަކު ތިން ދުވަހު ކޮންސަލްޓޭޝަން ކުރިއަށް ގެންދެ އެވެ.
ނީޒާ ވިދާޅުވި ގޮތުގައި އުރަމަތީގެ ބަލިތަކަށް ހާއްސަކޮށް ހިދުމަތް ދިނުމަށް ފެށި މި ޕްރޮގްރާމަކީ އުރަމަތީގެ ބަލިތަކަށް ހާއްސަ ފަރުވާ ހޯދާ ފަރާތްތަކަށް ފަސޭހަ ކަމާއެކު އެ ހިދުމަތް ދޭނެ ގޮތް މަގުފަހި ކޮށްދިނުމެވެ.
"އުރަމަތީގެ ބަލިތަކަށް ހާއްސަ ހިދުމަތެއް ދިނުމުގެ ވިސްނުން ގެންގުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެ. ޓްރީޓޮޕް އާ ގުޅުމަށްފަހު މިދިޔަ އޮކްޓޯބަރު މަހު، އެއީ ބްރެސްޓް ކެންސާ އެވެއާނެސް މަސް، އެ މަހު އެންމެ ފުރަތަމަ މި ޕްރޮގްރާމް ފެށީ ސްކްރީން ކުރަން ހަމަ އެކަނި. މިހާރު އިތުރު ހިދުމަތްތައް ވެސް ތައާރަފްކޮށް ކުރިއަށްގެންދަނީ،" ނީޒާ ވިދާޅުވި އެވެ.
ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ސްކޭން ކުރުމާއި ޑޮކްޓަރަށް ދެއްކުުމުގަ އާއި މެމޮގްރާމް ހަދަން ވަކިން ކިޔޫގައި ޖެހޭކަށް ނުޖެހޭނެ އެވެ. އަދި، ޓެސްޓުތައް ހަދާ ރިޕޯޓުތައް ލިބުމަށްފަހު ޑޮކްޓަރަށް ދައްކާ ކޮންސަލްޓް ކުރުމަށް އަލުން ކިޔޫގައި ޖެހޭކަށް ވެސް ނުޖެހޭނެ އެވެ. މި ހިދުމަތްތައް ކުރިއަށްގެން ދަނީ ޕްރޮގްރާމްގެ ދަށުން ޕެކޭޖެއްގެ ގޮތުގަ ދެ ދުވަސް ތެރޭގައި ހުރިހާ ކަމެއް ނިމޭ ގޮތަށެވެ.
ޕްރޮގްރާމްގެ ދަށުން ދެވޭ ހިދުމަތައްތައް
- ރޭޑިއޮލޮޖީ ސްޕެޝަލިސްޓަކާއެކު އަލްޓްރާސައުންޑް ސްކޭން
- ޑރ. ނީޒާ ހަލީމް އާއެކު ކޮންސަލްޓޭޝަން
- މެމޮގްރަފީ (ރިފަރަލް އަށް ފަހު)
އުރަމަތީގެ ބަލިތައް ރާއްޖޭގައި ވެސް އިތުރުވަމުން ދާއިރު، 20 އަހަރުން މަތީގެ އަންހެނުން ގަވައިދުން މި ޓެސްޓުތައް ހެދުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ޑޮކްޓަރުން ދެކެ އެވެ. އަދި 40 އަހަރުން މަތީގެ މީހުން ބްރެސްޓް ޗެކް އަޕް އާއި މެމޮގްރާމް ކޮންމެ އަހަރަކު ހެދުމަށް ވެސް ޑޮކްޓަރުން ލަފާދެ އެވެ.