އެޑްވަޓޯރިއަލް

ގިނައިން އަތް ދޮންނަން ހަނދާން ކުރޭ!

Apr 26, 2020
އަތް ދޮވުމާ ބެހޭ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ހަދާފައިވާ ވީޑިއޯއެއް-

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ގިނައިން އަތް ދޮވުމެވެ. ސިއްހީ މާހިރުންގެ އަބަދުގެ އިރުޝާދަކީ ވެސްމި އެވެ. ސައިބޯނި ލައިގެން އަތް ދޮވުމުގައި އެންމެ ރަނގަޅު ގޮތުގައި އެކަން ނުކުރެވިއްޖެނަމަ، އަތުގައި ހުންނަ ވައިރަސްތައް ފިލައިގެން ނުދާނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ހަދާފައިވާ މި ވީޑިއޯގައި ބުނެދީފައި އެވަނީ އަތް ދޮވުވިދާނެ އެންމެ ރަނގަޅު ގޮތެވެ. ފުރަތަމަ ކަމަކީ އަތް ދޮންނަން ފެށުމުގެ ކުރިން އަތުގައި އަޅާފައި ހުންނަ އަތުކުރީ ގަޑިއާއި އަނގޮޅި ފަދަ ތަކެތި ނެގުމެވެ. އަދި އަތް ދޮންނަން ބުނެދީފައިވާ އެންމެ ރަނގަޅު ގޮތަށް އެކަން ކުރެވިއްޖެނަމަ، އަތުގައި ހުންނަ ވައިރަސްތައް ފިލައިގެންދާނެ އެވެ. މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.