އެޑްވަޓޯރިއަލް

ޓްރީ ޓޮޕް ހޮސްޕިޓަލްގައި އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތްތައް

Jan 1, 2020
2

އޮކިއުޕޭޝަނަލް ތެރަޕިސްޓުންނަކީ ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ވެސް، އިތުރު އެހެން މީހެއްގެ އެހީއަކާއި ނުލައި ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ކަންތައްތައް އަމިއްލަ އަށް ކޮށްއުޅުމަށް އެހީތެރިވެދޭ ސްޕެޝަލިސްޓުން ނެވެ.

މި ފަރުވާގައި ޑިސްލެކްސިއާ، އޯޓިޒަމް އަދި އޭ ޑީ އެޗް ޑީ ފަދަ މައްސަލަތައް ހުންނަ ކުޑަކުދިންނަށް އާންމު ދިރިއުޅުމުގައި މަސައްކަތްތައް ކުރުމަށް ފަސޭހަކޮށްދިނުމަށާއި، ސްކޫލްގައި އެހެން ދަރިވަރުންނާއި އެއް ހަމައެއްގައި ކުރި އަށް ދިއުމަށް އެހީތެރިވެދެ އެވެ. އަދި ވަކި ވަކި ކުދިންނަށް ހަރަކާތްތެރިވުމުގައި ދިމާވާ އުދަނގޫތައް ދެނެގަނެ، އެ ކުއްޖަކަށް ދިމާވާ މައްސަލައަކާއި ގުޅޭގޮތުން ފަރުވާދެވެ އެވެ. މިސާލެއްގެ ގޮތުން އަތުލިއުމާއި، އަމިއްލަ އަށް ނާޑުވާ އެޅުވުމާއި، ކުލަ ދެނެގަތުމާއި ރޭވުމާއި އަދި ފަންސުރު ފަދަ ތަކެތި ހިފެހެއްޓުމަށް ހޭނުވުން ފަދަ ކަންކަން ހިމެނެ އެވެ.

މި ފަދަ ތެރަޕީތަކުގެ ސަބަބުން އެ ކުދިންނަކީ ގާބިލްކުދިންކަމުގައި އިހްސާސްވެ، އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު އިތުރުވެ އަމިއްލަ އަށް މަސައްކަތްތައް ކުރުމަށް ބާރުއެޅެ އެވެ. މީގެ އިތުރުން، ޖިސްމާނީ ނުކުޅަދުންތެރިކަން ހުންނަ މީހުންނަށާއި ހެދި ބޮޑުވުމުގެ މަރުހަލާތައް ލަސްވާ މީހުންނަށް އެ މައްސަލަތަކުގެ ސަބަބުން ނަފްސާނީ ގޮތުން ދިމާވެދާނެ ބަލި ކަށިކަމަކަށް ހޭލުންތެރިކުރުވައި އެ ކަންކަމަށް ފަރުވާދެވެ އެވެ.

ދެވޭ ހިދުމަތްތައް:

  • ޖިސްމާނީ ނުކުޅަދުންތެރިކަން ހުންނަ މީހުންނަށް، ޚާއްސަކޮށް އަތާއި އަތްތިލައިގެ ނާރުތަކުގެ ފަރުވާ
  • ކުޑަކުދިން ހެދިބޮޑުވުމާއިގުޅޭ މައްސަލަތައް (ހާއްސަކޮށް ހަރަކާތްތެރިވެ އުޅުމުގައި)
  • ނަފްސާނީގޮތުން އެހީތެރިވުމާއި ކައުންސެލިންގް ދިނުން

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އޮކިއުޕޭޝަނަލް ތެރަޕީގެ ހިދުމަތް ހޯއްދެވުމަށް ޑޮކްޓަރެއްގެ ރިފަރެލް ސިޓީއެއް ބޭނުންވާނެ އެވެ. އަދި މި ސިޓީ މެދުވެރިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ރިހެބިލިޓޭޝަން ޔުނިޓުން އެޕޮއިންޓްމަންޓް ލިބިލައްވާނެ އެވެ. އަދި މި ފަރުވާތަކާއި ގުޅޭ މައުލޫމާތު ޓްރީ ޓޮޕް ހޮސްޕިޓަލްގެ ނަންބަރު 3351610 އިން ލިބޭނެ އެވެ.