އެޑްވަޓޯރިއަލް

ޓްރީ ޓޮޕް ހޮސްޕިޓަލުން ކުޑަ ކުއްޖެއްގެ ކާމިޔާބު އޮޕަރޭޝަނެއް

Dec 29, 2019

ދަގައްފާނު އޮށްތަކެއް ގދ. ތިނަދޫއަށް އުފަން އުމުރުން ހަތް އަހަރު ފިރިހެން ކުއްޖަކަށް ދިރުވާލެވުނީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. މި ހާދިސާގައި ހިމެނޭ ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ ކުޑަ ކުއްޖާ ދިރުވާލައިފައިވަނީ އެކި ކުލަކުލައިގެ، 20 ބޯޅަ އެވެ. އެބޯޅަ ތަކަކީ އޭނާގެ ދޮއްޓަށް ހުންނަ ދައްތަ ކުޅެ ރާވަން ބޭނުންކުރަމުން އައި ބޯޅަ ތަކެކެވެ. އަދި ކުއްޖާގެ ބައްޕަ ވިދާޅުވި ގޮތުގައި މި ބޯޅަތަށް އެ ކުއްޖާ ދިރުވާލައިފައިވާ ކަމަށް ބެލެވެނީ އެކްސްޕެރިމެންޓެއް ކުރުމަށް ކަމަށް ބެލެވެ އެވެ.

މި ހާދިސާ އަށް ފަހު ހުޅުމާލޭގެ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެ ކުޑަ ކުއްޖާގެ އޮޕަރޭޝަނެއްކޮށް ގޮހޮރު ތެރޭގައި ތާށިވެފައިވާ ދަގައްފާނު ބޯޅަތަށް ޑޮކްޓަރުން ވަނީ ކާމިޔާބު ކަމާއެކު ނަގާފަ އެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮޕަރޭޝަން އަށް ހާއްސަ ޑރ. ޝައިލޭޝް އަދިކަރީ އާއި ޑރ. ޑިއޭގޯ ޒަރޓޭރިއަން އަދި ހޭނެއްތުމާއި އައްސިކުރުމަށް ހާއްސަ ޑރ. އަމްރް ސަފްވަތު އެވެ.

މި ހާއްސަ އޮޕަރޭޝަން ކޮށްފައިވަނީ ކުޑަ ކުއްޖާގެ ބަނޑުން ތަންކޮޅެއް ކަފާލައިގެންނެވެ. އަދި މި ދަގައްފާނު ބޯޅަތަކުގެ ސަބަބުން ކުޑަ ގޮހޮރުގެ ތެރޭގެ 3-4 މިލިމީޓަރުގެ ކުދި ހަލޯވަޅު ހެދިފައިވެ އެވެ. މި ބޯޅަތައް ނެގުމަށްފަހު ޑޮކްޓަރުން ވަނީ މުޅި ގޮހޮރު ރަނގަޅަށް ބެލުމަށްފަހު ހެދިފައިވާ ކުދި ލޯވަޅުތައް ފަހާފަ އެވެ. އޮޕަރޭޝަނަށް ފަހު ކުއްޖާގެ ސިއްހީ ހާލަތު މަޑު މަޑުން ރަނގަޅުވެ، ކާނާ ކެވޭވަރުވެ ހަފްތާއެއްގެ ތެރޭގައިވެ، ހޮސްޕިޓަލުން ގެ އަށް ދޫކޮށްލާފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މި އޮޕަރޭޝަންގައި ހަރަކާތްތެރިވި އެއް ޑޮކްޓަރު ކަމަށްވާ ޑރ.ޝައިލޭޝް އަދިކަރީ ވިދާޅުވިގޮތުގައި ކުޑަ ކުދިން ކުޅުމަށްޓަކައި ދަގަތްފާނު އެކުލެވޭ ކުޅޭ ތަކެތި ނުގެންގުޅުމަށް ބެލެނިވެރިންނާއި އާއިލާތަކުން ސަމާލުވެ ލެއްވުމަކީ މިފަދަ ނުރައްކާތެރި ހާދިސާތަކުން ދުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ފަދަ އެއްޗެއް ކުޑަކުއްޖަކަށް ދިރުވާލެވިއްޖެ ހާލަތެއްގައި ލަސްނުކޮށް ހޮސްޕިޓަލަށް ކުއްޖާ ގެންދިއުމަށް ވެސް އިރުޝާދު ދެއްވަ އެވެ. އެއީ މި ފަދަ ދަގަތްފާނު އެކުލެވޭ ތަކެތި ދިރުވާލެވިއްޖެ ނަމަ އަވަހަށް އެ އެއްޗެއް ހަށިގަނޑުން ބޭރުކުރުމަކީ ދަގަތްފާނުގެ ސަބަބުން ހަށިގަނޑަށް ނުރައްކާވުމުން ސަލާމަތްކޮށްދެވޭނެ ކަމަކަށް ވުމާއެކުގަ އެވެ.