ހަބަރު

ފްލައިން ސްކޫލްގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެ

ފްލައިން ސްކޫލްގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެ އެވެ.

މި ހާދިސާގައި އެ ބޯޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް މި ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ބޯޓް ވެއްޓުނުއިރު ދުއްވަން އިނީ އިންޑިއާގެ ދަރިވަރެކެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ފްލައިން ސްކޫލްގެ ބޯޓެއް ވަނީ ވެއްޓިފައެވެ. އެންމެ ފަހުން ވެއްޓުނު ބޯޓް ވެއްޓިފައިވަނީ މޫދަށެވެ.