ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ 1، އޮކްޓޫބަރު 2019 ގައި އުރަމަތީގެ ކެންސަރަށް ހޭލުންތެރި ކުރުމުގެ ގޮތުން، ބްރެސްޓް ކެންސަރު ސްކްރީނިންގ ޕްރޮގްރާމެއް ހިންގާފަ އެވެ. މިޕްރޮގްތާމްގެ ތެރެއިން އަލްޓްރާސައުންޑް ސްކޭން، މެމޮގްރަފީ އަދި އުރަމަތީ މައްސަލަތަކާއި ބެހޭ ކަންކަމަށް ހާއްސަ ޑޮކްޓަރަށް ދެއްކުން ހިމެނެ އެވެ. އެގޮތުން ރޭޑިއޮލޮޖިސްޓް ޑރ. ނަޒާހަތު އައްބާސް އަދި އޮޕަރޭޝަނަށް ހާއްސަ ޑރ. ނީޒާ ހަލީމް މި ޕްރޮގްރާމްގައި ހަރަކާތްތެރިވެފައިވެ އެވެ. މި ޕްރޮގްރާމް އޮކްޓޯބަރު 30 ވަނަ ދުވަހު ނިމި، ނޮވެމްބަރު މަހު ބްރެސްޓް ޗެކް ޕްރޮގްރާމްގެ ނަމުގައި އުރަމަތީގެ ބަލި ތަކަށް ފުޅާދާއިރާއެއްގައި ފަރުވާދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކުރިއަށް ގެންދިޔަ އެވެ.
އައިޖީއެމްއާއެކު އެމްއޯޔޫ އަކަށް
މިދިޔަ އަހަރު އިންދިރާ ގާންދީ މެމޮރިއަލް ހޮސްޕިޓަލުގައި ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންގެ ވެއިޓް ލިސްޓަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އެއްބައި އޮޕަރޭޝަންތައް ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރުމަށް އައިޖީއެމްއެޗް، އާސަންދަ ކޮމްޕެނީ ލިމިޓެޑް އަދި ޓްރީ ޓޮޕް ހޮސްޕިޓަލް ގުޅިގެން އެމްއޯޔޫ އެގްރީމެންޓްއެއްގައި ސޮއިކޮށްފައިވެ އެވެ. މީގެއިތުރުން އައިޖީއެމްއެޗުން ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަލި މީހުންނާ ބަދަލު ކުރުމުގެ އެގްރީމެންޓެއްގައި ވެސް ސޮއި ކޮށްފައިވެ އެވެ.
ކޮންޓިނިއުޑް އެޑިއުކޭޝަން ސެޝަން ތަކެއް
ސިއްޙީ ދައިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ ކޮންޓިނިއުޑް އެޑިއުކޭޝަން (ސީއެމްއީ) ސެޝަންތަކެއް ޓްރީ ޓޮޕް ހޮސްޕިޓަލް އިސްނަގައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ސާޖަންސް، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކަށީގެ އޮޕަރޭޝަނަށް ޙާއްސަ ޑރ. ކަންނިރާޖް މަރިމުތު އަދި ކިޑްނީ ބަލިތަކަށް ޙާއްސަ ޑރ. މްލާޑެން ނޯޓެކް އިސްކޮށް ހަރަކާތްތެރިވެފައިވެ އެވެ. މި ސެޝަންތަކަކީ ފޭސްބުކް ލައިވްގެ ޒަރިއްޔާ އިން އާންމުންގެ ސުވާލު ތަކަށް ވަގުތުން ޖަވާބު ދެވިގެން ކުރިއަށް ގެންދެވުނު ސެޝަންތަކެކެވެ.
ސާފު ކުރުމުގެ ހަރަކާތެއް
މިދިއަ 2019 އިގެ މާރިޗުމަހު ޓްރީ ޓޮޕް ހޮސްޕިޓަލަށް 1 އަހަރު ފުރުމާއެކު، ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ހުޅުވާލެވުނު ވެލްނެސް ކޭމްޕް ބޭއްވުނެވެ. މިކޭމްޕްގެ އިތުރުން ހެލްތު ސްކްރީނިންގގެ ޙާއްސަ ޕެކޭޖެއް ހެޔޮ އަގުތަކުގައިވެސް ތަޢާރަފު ކޮށްފައި ވެއެވެ. 1 އަހަރު ފުރުމުގެ މުނާއްސަބަތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ މުއައްޒަފުންވަނީ ސޭވް ދަ ބީޗް މޯލްޑިވްސް އާއި ގުޅިގެން ހުޅުމާލެ ގޮނޑުދޮށް ސާފު ކޮށްފަ އެވެ.
ކެރިއަ އޯޕަންޑޭއެއް
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ދެވަނަ ކެރިއަ އޯޕަން ޑޭ 2019 ގައި ބާއްވާފައިވެ އެވެ. ޝޯޓް ލިސްޓް ކުރުމަކާއި ނުލައި އާންމުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ބައްދަލުކޮށް، އިންޓަވިއުގައި ބައިވެރިވުމަށް ހުޅުވާލެވުނު ކެރިއާ އޯޕަންޑޭ 2 ދުވަހެއްގެ މަތިން ކުރިއަށް ގެންދެވުނުވެ. އެގޮތުން މާކެޓިން، ފައިނޭންސް، ގެސްޓް ސާވިސަސް، އަދި ކޮންޓެކްޓް ސެންޓަރުގެ މަގާމުތަކަށާއި، ނާސިން އަދި ކްލިނިކަލް އެސިސްޓަންޓްގެ މަގާމުތަކަށް ހުޅުވާލެވިފައި ވެއެވެ. މި ޕްރޮގްރާމްގައި 80 އަށްވުރެން ގިނަ މީހުން ބައިވެރިވެފައިވެ އެވެ.
ޓްރީ ޓޮޕްގެ ހިތާނީ ކޭމްޕް
ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިދިޔަ އަހަރު ސްކޫލް ބޮޑު ޗުއްޓީއާއި ދިމާކޮށް ޙިތާނީ ކޭމްޕް ނޮވެމްބަރު 16 ގައި ފަށާފައިވެ އެވެ. ޑޮކްޓަރަށް ދެއްކުމާއި، ޓެސްޓުތަކާއި، ޙިތާނުކު ރުމުގެ އަގާއި ޙިތާނު ކުރުމަށް ބޭނުންވާ ބޭސްތަކުގެ އަގުތައް އެކުލަވާލެވިފައިވާ މިޕެކޭޖްގައި 260 އަށް ވުރެން ގިނަ ކުދިން ބައިވެރިވެފައި ވެއެވެ. އަދި ކޮންމެ ކުއްޖަކަށް ޙާއްސަ ޓީޝާޓަކާއި، ފޭއްޔަކާއި ހަދިޔާއެއްވެސް ދެވުނެވެ. އޮޕަރޭޝަނަށް ޙާއްސަ ފަސް ޑޮކްޓަރުން އިސްކޮށް ހަރަކާތްތެރިވެފައިވާއިރު، ހޮސްޕިޓަލުގެ ފަސް ވަނަ ބުރި ޙިތާނީއަށް ޙާއްސަ ކުރެވި، އެކަމަށް ތަމްރީންކޮށްފައިވާ ދިވެހި ނަރުހުން ހަރަކާތްތެރިވެފައި ވެއެވެ. މިކޭމްޕް ނިންމާލުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ ހަތް ވަނަ ދުވަހު އެވެ.
މެޑިކަލް އެންޑް ހެލްތު އެކްސްޕޯގައި ޓްރީ ޓޮޕް
އެމްވީ މެޑިކަލްސް އަދި މެޑްލައިފް އޭޝިއާ އިން ބާއްވާ މެޑިކަލް އެންޑް ހެލްތު އެކްސްޕޯ 2019 ގައި ޓްރީ ޓޮޕް ހޮސްޕިޓަލް ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފައި ވެއެވެ. މިއެކްސްޕޯގައި ޑޮކްޓަރަށާއި، އެކި ޕްރޮގްރާމް އަދި ޕެކޭޖްތަކަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލެވިފައި ވެއެވެ. އަދި ވަގުތުން 50 ޕަސެންޓްގެ އެޑްވާންސް ދައްކާ ބޭފުޅުންނަށް ހެލްތު ސްކްރީނިންގ ޕެކޭޖްތަކުން 10 ޕަސެންޓުގެ ޑިސްކައުންޓު ކޫޕަން ލިބިގެން ދިޔައެވެ.
ސީއެސްއާރު ގިނަ ހަރަކާތްތަކެއް
މިދިޔަ އަހަރުގެ ސީއެސްއާރު ހަރަކާތްތަކުގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލު އެތަކެއް އިވެންޓުތަކުގައި ބައިވެރިވެފައިވެ އެވެ. އެގޮތުން މޯލްޑިވްސް އިންޓަނެޝަނަލް މެރެތޯން، މޯލްޓިވްސް ވިމެންސް ރަން، އޫރީދޫ ކަލާ ރަން، 3 ޖެން ވޯކް، ރޯޑް ސޭފްޓީ ވޯކް، ޓީއެފްޖީ ކޮކަކޯލާ ލޯންގް ރަން އަދި ބީއެމްއެލް ވާއު ކިޑްޒް ރަންގައި މެޑިކަލް ޕާޓްނަރެއްގެ ގޮތުން އަވަސް ފަރުވާގެ ޙިދުމަތް ދެވުނެވެ. އަދި މ. ދިއްގަރުގައި ބޭއްވި ހަމުގެ ފަރުވާ ކޭމްޕްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަމުގެ ބަލިތަކަށް ހާއްސަ ޑރ. ފަރްޒީން ނާސިރު ބައިވެރިވެ ވަޑައިގެންފައި ވެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުންވަ ނީ އެލްޒެއިމާސް ސޮސައިޓީ އޮފް މޯލްޑިވްސް އިފްތިތާހު ކުރުމަށް ވެސް އެހީ ވެފަ އެވެ.
ޓްރީ ޓޮޕްގެ ފާހަގަ ކޮށްލެވޭ ހަބަރުތައް
- ޓްރީ ޓޮޕް ހޮސްޕިޓަލުގައި މިހާތަނަށް ފަރުވާހޯދެއްވި އެންމެ ދޮށީފުރާ އުމުރުގެ ބޭފުޅާގެ "އޯޕަން ކޮލެސިސްޓެކްޓޮމީ" އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރުން
- ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ޓޯޓަލް ލެޕްރޮސްކޮޕިކް ހިސްޓެރެކްޓޮމީ ކާމިޔާބުކަމާއިއެކު ކުރުން
- ޓްރީ ޓޮޕް ހޮސްޕިޓަލާއި، އައިޖީއެމްއެޗް އަދި އާސަންދަ ކޮމްޕެނީ ލިމިޓެޑް ގުޅިގެން ފުރަތަމަ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކުރުން
- ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ޕީއެ ފް އެން އޭ-2 އުނަގަނޑުގެ އޮޕަރޭޝަން ކާމިޔާބުކަމާއިއެކު ކުރުން
- ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެންމެ ފުރަތަމަ ފްރަންޓަލް ކްރެނިއޮޓޮމީ އަދި ލީސަން ނައްތާލުމުގެ އޮޕަރޭޝަން ކާމިޔާބީއާއެކު ނިންމުން
- ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކުރެވުނު އެންމެ ފުރަތަމަ އުކުޅުވަޅު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ކުރުން
ޒުވާނުންގެ ހޭލުންތެރި ކުރުވުމުގެ ހަރަކާތެއް
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްއިން ޒުވާނުންނަށް ޙާއްސަކޮށްގެން ކުރިއަށް ގެންދެވުނު ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްގައި ޓްރީ ޓޮޕް ހޮސްޕިޓަލް ބައިވެރިވެފައިވެއެވެ. އެގޮތުން، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެޑް މިނިސްޓްރޭޝަން، ކްލިނިކަލް އަދި މެއިންޓެނެސްގެ އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ހޮސްޕިޓަލްގައި ހިމެނޭ ދާއިރާތަކުގެ މުޙިންމުކަމަށް އަލިއަޅުވާލައި މިހޮސްޕިޓަލް ހިންގުމަށް ކުރެވޭ އެކި އެކި މަސައްކަތްތަކާއިގުޅޭގޮތުން ޒުވާނުން ހޭލުންތެރިކުރެވުނެވެ.