ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީ ޓޮޕްގައި ދޭނީ ދަތުގެ އެންމެ ޒަމާނީ ފަރުވާ

Jan 12, 2020
2

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑެންޓަލް މެޑިސިން ޑިޕާޓްމަންޓުން ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ އަނގައާއި ދަތްތައް ފުރިހަމަ ސިއްހަތެއްގައި ބެހެއްޓުމަށް ބަލިތައް ދެނެގަނެ، ފުޅާ ދާއިރާއެއްގައި ފަރުވާދެ އެވެ. މި ކަމަށްޓަކައި ފަހުގެ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައި ވެއެވެ. ފަރުވާ ހޯދަން ދ މީހުންނަށް ދޭންޖެހޭ ތަފާތު ހިދުމަތްތައް ގާއިމްކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ރޭޑިއޭޝަންގެ އަސަރު އެންމެ ކުޑަކޮށް، އަދި ފިލްމު ސާފު ކުރަން މަޑު ކުރަން ނުޖެހޭގޮތަށް ޑިޖިޓަލްކޮށް އެކްސްރޭ ނެގުމާއި ތްރީޑީ ކޮށް ފޮޓޯ ނެގުން (އިމޭޖްކުރުން) އަދި ޑިޖިޓަލް ސްކްރީން އަކުން އެކި އަރިއަރި އަށް ފޮޓޯ ބެލެން ވެސް ހުންނާނެ އެވެ. އިތުރުން މި ޔުނިޓުގައި ބޭނުން ކުރާނީ، ބަލި މީހާ ހިތް ހަމަޖެހިގެން، އަރާމުގައި އިށީނދެ އިނދެވޭނެ އަދި ޑޮކްޓަރުގެ މަސައްކަތަށް އެންމެ ފަހި ވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ޑެންޓަލް ޗެއާ އެވެ.

މި ޔުނިޓުގައި ހިދުމަތްދޭ ކުޅަދާނަ ޑޮކްޓަރުންނާއި ތަމްރީނު ލިބިފައިވާ އެހީތެރިން މަސައްކަތް ކުރާނީ، ހިދުމަތް ހޯދަން ދާ ކޮންމެ ބަލި މީހެއް ވެސް ފަރުވާއައް ފަހު އޭނާގެ އާއިލާ ކައިރިއަށް ހިތް ހަމަޖެހުމާއެކު އެނބުރި ދިއުން ކަށަވަރު ކޮށްދޭށެވެ.

ޕެރިއޯޑެންޓިކްސް - ދަތްފަޅާފައިވާ ކަށިގަނޑާއި ހިރުގަނޑުގެ ފަރުވާ

  • ހިރުގަނޑު ކަހާލުން
  • އެކްސިޝަނަލް ނިއު އެޓޭޗްމަންޓު ޕްރޮސީޖާ
  • ހިރުގަނޑުގެ އޮޕަރޭޝަން
  • ކަށި އިންދުން
  • ހިރުގަނޑު ރަނގަޅު ކުރުމާއި ހިނިތުންވުން ރީތި ކުރުން
  • ދަތް ސާފު ކުރުމާއި ދަތުގެ ބުޑު ރަނގަޅު ކުރުން

ޕިޑޯޑޮންޓިކްސް - ކުޑަކުދިންގެ ދަތްތަކުގެ ފަރުވާ

  • ދަތުގެ މަދަށްޖެހޭ ބަލިތަކުގެ ފަރުވާ
  • ދަތްތައް ސަލާމަތުން ބެހެއްޓުމަށާއި ރަނގަޅު ކުރުމުގެ ފަރުވާ
  • ދަތް އުފުރުން

އެންޑޯޑޮންޓިކްސް - ދަތުގެ މަދަށް ޖެހޭ ބަލިތަކުގެ ފަރުވާ

ރޫޓް ކެނޭލް ހެދުން ނުވަތަ ދަތުގެ ބުޑު ހަލާކު ވުމުން ރަނގަޅުކުރުން

ރެސްޓޮރޭޓިވް ޑެންޓިސްޓްރީ - ދަތްތައް ސަލާމަތްކުރުން

  • ވަގުތީ އަދި ދާއިމީ ފުޓުނި އެޅުން
  • ދަތް ސާފުކުރުން
  • ހިނިތުންވުން ރީތި ކުރުން

އަނގައިގެ ބަލިތަކުގެ ފަރުވާ އާއި ރޭޑިއޯލޮޖީ ސާވިސް

  • ކެންސަރަށް ވާރުތަކޮށްފާނެ ކަންކަން ދެނެގަތުން
  • އަނގައިގެ ކެންސަރު ދެނެގަތުން

އަނގައިގެ އޮޕަރޭޝަންތައް

  • ދަތް އުފުރުން - ވަރަށް އުނދަގުލުން އުފުރޭ ދަތް ވެސް ހިމެނޭ
  • ކަނުދަތް (ވިޒްޑަމް ޓޫތު) އުފުރުން

އެންމެ ފުރިހަމަ އަދި ޒަމާނީ އާލާތްތަކުގެ އެހީގައި ދަތުގެ ފަރުވާ ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލް ހިޔާރު ކުރާށެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ދަތުގެ ފަރުވާ އަށް ހާއްސަ ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރު ވިވެކް މެގޯން އަށް އެޕޮއިންޓްމަންޓް ހައްދަވަން ބޭނުންފުޅުވާ ފަރާތް ތަކުން 3351610 ނަންބަރަށް ގުޅާށެވެ.