ވީޑިއޯ

ޗުއްޓީ ނިމި ދަރިވަރުން ސްކޫލަށް

މި އަހަރުގެ ދިރާސީ އާ އަހަރު ފެށުމާ ގުޅިގެން އަވަސް އިން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓް | އަވަސް

މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މުޅި ރާއްޖޭގެ ސްކޫލުތަކުގައި މިއަދު ވަނީ ފަށާފަ އެވެ. ބޮޑު ޗުއްޓީއަކަށް ފަހު ކިޔެވުން ފެށީ 83،000 އަށް ވުރެ ގިނަަ ދަރިވަރުންނާއެކު އެވެ. ސަރުކާރުގެ 212 ސުކޫލެއްގައި މި އަހަރު ކިޔަވައި ދޭނެ އެވެ. މި އަހަރު 150 ސުކޫލެއްގައި އޯ ލެވެލްއަށް ކިޔަވައިދޭ އިރު 50 ސުކޫލެއްގައި އޭ ލެވެލްއާ ހަމަޔަށް ކިވައިދޭނެ އެވެ. ޕްރީސްކޫލް ތައުލީމް 170 އަށް ވުރެ ގިނަ ސުކޫލްގައި މި އަހަރު ކިޔަވައިދޭނެ އަމިއްލަ ފަރާތްތަކުން ހިންގާ ގިނަ ޕްރީ ސުކޫލުތަކުގައި ވެސް އެތަކެއް ސަތޭކަ ދަރިވަރުންނެއް ކިޔަވަމުން ދާނެ އެވެ.