މަސްތުވާތަކެތި

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ ޕްރިންސިޕަލް!

Jan 13, 2020
2

ނ. މާޅެންދޫގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ފަސް ގްރާމްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ މީހެއް ކަމަށެވެ. އޭނާއަކީ ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެހެން ކަމުން އެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް މިހާރު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލެވެ. އަދި އެކަން ފުލުުހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ. ނަމަވެސް ހައްޔަރުކުރީ ކޮން މަގާމެއްގައި ހުރި މީހެއް ކަމެއް ފުލުހުން ނުބުންޏެވެ.