މި މަންމައަށް ދިމާވީ ވަރަށް މަޖާ ގޮތެކެވެ؛ ގޭތެރޭގައި އަބަދު އިންނަން ފޫހި ވެފައި ހުއްޓާ ފެނުނީ ގޭތެރޭގައި ހުރި ސިމެންތިތަކެކެވެ. އެ ހިފަައިގެން ގޮސް މޮޅު ކަމެއް ކޮށްލީ އެވެ. ސިމެންްތި ގަށާ އެއަށް ޑިޒައިނަކާއި ބައްޓަމެއް ގެނެސް ޕޮޓު ތަކެއް ހަދައިފި އެވެ. އެ ޕޮޓުތައް އެންމެންނަށް ވެސް ކަމުދިޔަަ އެވެ. މިހާރު އެއީ ސިމެންތިން ތަކެތި އުފައްދައިގެން އަމިއްލަ ކުޑަ ވިިޔަފާރި އެއް ހިންގާ މަންމަ އެކެވެ.
ހައްވާ ނަޒާހަތު ޝަމީމަކީ، ކްރާފްްޓް ސްޓޫޑިއޯ މޯލްޑިވްްސް ނަމުގައި އިންސްްޓަގްރާމް މެދުވެރިކޮށް ޕޭޖެއް ހިންގާ ޒުވާން މަންމަ އެކެވެ. ސިމެންތިން އެކި ކަހަލަ ޕޮޓާއި ޕެން ހޯލްޑާ ފަދަ ސަމާނާއި ގޭތެެރޭ ޒީނަތްތެރި ކުރުމަށް ބޭނުން ކުރާ ސާމާނު އޭނާގެ ޕޭޖު މެދުވެރިކޮށް ވިއްކަ އެވެ. ހުދު ސިމެންތިިއަށް ކުލަ އަަޅައިގެން ތަފާތު ބައްޓަންތަކުގެ ސަމާނު ހަދަ އެވެ.
ނަޒާއަކީ ކުރިން ވެސް އިންޓީރިއާ ޑިޒައިނަރަކަށް މަސައްކަތް ކުރި މީހެކެވެ. އެހެންވެ ކުލަ ގުޅުވުމާއި ރީތި ކުރުމުގެ ހުރިހާ ކަމެއް ފުރިހަމަ އަށް އެނގެ އެވެ.
މި ސްޓޫޑިއޯގެ އުފެއްދުންތަކުގައި ހުންނަ "ޕޭސްޓެލް" ކުލަ އަކީ މިހާރުގެ ކުދިންނަށް ވަރަށް "އެސްތެޓިކް" ކުލަތަކެކެވެ. ހެކްސަގަން އާއި ސިލިންޑަރާއިި އެކި ނަންނަމުގައިި ސިލިކޯން މޯލްޑުތަކެއް ބޭނުންކޮށް ހަދައިގެން މި އުފެއްދުންތައް ވިއްކަ އެވެ. އަދި ކޮންމެ ޕޮޓަކަށް ގެނެސްފަައި ހުންނަ މާބްލް އެފެކްޓު ވަރަށް ހިތްގައިމެވެ.
"ސިމެންތި ގަށަން މި މަސައްކަތުގައި އެއްވެސް ގޮތަކަށް ސިންގަލް ޔޫސް ޕްލާސްޓިކް އެއް ބޭނުމެއް ނުކުރަން. ގޭގައި އެކި ފްްލޯ ތަކުގައި އުޅޭ މީހުން ކައިރީ ބުނެގެން ހުސްކޮށްފައި ހުންނަ ކިރު ދަޅާއި، އެކި ކަހަލަ އެއްލާލާ ދަޅު އެއްކުރުމާއި އެކަހަލަ އެއްޗެހި އެއްކޮށް އޭގައި ސިމެންތި ވެސް ގަށަނީ" އޭނާ ބުންޏެވެ.
މި ކުޑަ ވިޔަފާރިއަށް މިހާރު ގާތްގަނޑަކަށް ދެ އަހަރު ވެފަައިވާއިރު މި މަސައްކަތްތައް އާއްމުންނަށް އެންމެ ބޮޑަށް ފެނުުނީ ފަންނު އެކްސްޕޯ އިންނެވެ. އެކްސްޕޯގައި "އުފެއްދުންތެރި ކުރެހުމާއި ފަަރުމާ ކުރުންް" ކެޓަގަރީން ހޯދި ތިން ވަނަ އާއެކު އެތައް ބަޔަކަށް ނަޒާ ސިމެންތިން އުފަައްދާފައި ހުރި މި ސާމާނުތައް ވެސް ފެނި ކަމުދިޔަ އެވެ.
ނަޒާ ބުނާ ގޮތުގައި އެކްސްޕޯގައި ލިބުނު ބޮޑު އެކްސްޕޯޝާގެ ސަބަބުން އޭނާ ހީނުކުރާހާ ސަޕޯޓް ލިބުނެވެ.
"އެކި އެއްޗެހި އަޅަން އަސްލު މި ޕޮޓްތައް ބޭނުން ކުރަނީ. ބައެއް އެއްޗެއްސަކީ ޕެން ހޯލްޑާސް. ބައެއް އެއްޗިހީގައި އެކި ކަަހަލަ ޕްލާންޓްސް މި ބަހައްޓަނީ. އެކަމަކު އޭގައި ޖެހޭނެ ޕްލާސްޓިކް ޕޮޓް ވެސް ބައިންދަން. އެހެންް ނޫނީ ގަސްް ބޮޑުވެ މޫ ލާ ހިިސާބުން ސިމެންތި ޕޮޓް ހަލާކު ވެދާނެ. އަދި ހުންނާނެ ކުދި ހެކްސަގަން. އެއަށް އަޅާނެ ބުރުގާ ޕިން އާއި އެކި ކަހަލަ ބުރުގާ ޖަހާ ދަތި ވެސްް. އެއީ ނަޒާ މަންމަގެ ފޭވަރިޓް. މަންމަަ ހުންނާނެ އެގޮތަށް ބުރުގާ ދަތިތައް އަަޅާފަ ރީތިކޮށް ބަހައްޓާފައި،" އޭނާ ބުންޏެވެ.
ހެކްސަގަން އަކާއި ސިލިންޑަރަކާރި ޕެންޓަގަން އަކާއެކު މި މަންމަގެ މުޅި ދިރިއުޅުން ބަދަލު ކޮށްލީ ސިމެންތިންނެވެ. ކުރިން ޑިޒައިނަރަކަށް މަސައްކަތް ކޮށްފައި ހުރުމުން ސިކުނޑީގައިހުރި ހިޔާލުތައް އުކާ ނުލައި ކްރިއޭޓިވިޓީ ހިފެހެއްޓުމުގައި ދެމި ހުންނަން ލިބުނު ބޮޑު ފުރުސަތަކަށް މިކަން ވިއެވެ.
"ދަރިފުޅު ބެލުމާއި ގޭތެރޭގެ މަސައްކަތްތައް ކުރުމުގެ އިތުރުން، އަމިއްްލައަށް ކަމެއް ކުރަން ބޭނުންވި އަސްލު. މިހާރު ޑިޒައިން ޕްރޮޖެކްޓުުތައް ނަގައިގެން އެއަށް މަސައްކަތް ކުރާކަށް ވަގުތެއް ނުދެވޭ. އެހެންވެ ބޭނުުންވީ އިތުރު ކްރިއޭޓިވް އަައުޓްލެޓެއް،"