ހިމަބިހި ފެތުރުން

ހިމަބިހި ޖެހިފައިވާ އިތުރު މީހަކު ފެނިއްޖެ

Jan 18, 2020
1
ދަމަނަވެށީގައި ކުޑަކުދިންތަކަކަށް ވެކްސިން ދެނީ: ހިމަބިހި ޖެހިފައިވާ އިތުރު މީހަކު ފެނިއްޖެ -- އަވަސް ފައިލް ފޮޓޯ
0%
0%
0%

ރާއްޖެއިން ހިމަބިހި ނައްތާލާފައިވަނިކޮށް އަލުން މި މަހުގެ ތެރޭގައި ފެތުރެން ފެށި ފަހުން ހަތަރުވަނަ މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ހިމަބިހި ބަލި ޖެހިފައިވޭތޯ ބެލުމަށް މިއަދު އަށް މީހަކު ޓެސްޓް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ނަމަވެސް ޕޮޒިޓިވް ވެފައި ވަނީ ކޮން އުމުރެއްގެ އަދި ކޮން ޖިންސެއްގެ މީހެއް ކަމެއް އެޗްޕީއޭ އިން އަދި ނުބުނެ އެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން ހެލްތު މިނިސްޓްރީ އިއުލާން ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށް ޓެސްޓުކޮށް ހިމަބިއްސަށް ޕޮޒިޓިވް ވުމުންނެވެ. އޭގެ ފަހުން 30 އަހަރުގެ ދިވެހި ފިރިހެނަކާއި އިތުރު މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވި އެވެ. މިއަދު ޕޮޒިޓިވްވި މީހާއާއެކު މިހާތަނަށް ހަތަރު މީހަކު މި ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފަ އެވެ.

ހިމަބިއްސަށް އިއްޔެ ވެސް 11 މީހަކު ޓެސްޓުކުރި އެވެ. އެކަމަކު އިއްޔެ ޓެސްޓު ކުރި އެއްވެސް މީހަކަށް އެ ބަލި ޖެހިފައެއް ނުވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް 15 މީހަކު ޓެސްޓު ކޮށްފައިވާއިރު އެއިން އެކަކު ވެސް އެ ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910