އައްޑޫ ސިޓީ

އައްޑޫ ސިޓީން ކުޑަކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވްވެއްޖެ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު
0%
0%
0%

އައްޑޫ ސިޓީ އިން ކުޑަކުއްޖަކު ހިމަބިހި (މީސްލްސް) އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހިމަބިހި ޖެހުނު ކަމަށް ބެލެވޭ އިތުރު އެއް ކޭސް ދެނެގަނެވިފައިވާ ކަމަށާއި ޔަގީންކުރުމަށް ސާމްޕަލް ނަގައި ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ދެ ކޭސްވެސް ފެނިފައިވަނީ ކުޑަކުދިންގެ ތެރެއިންނެވެ. ނަމަވެސް މި ދެކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ މި ދެކުދިންގެ ފަރާތުން މިވަގުތު އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭ އިން ބުނީ ބަލީގެ އެންމެ ކޭސްއެއް ފެނުނު ނަމަވެސް ބެލެވޭނީ އައުޓްބްރޭކްއެއްގެ ގޮތުގައި ކަމަށެވެ.

މިފަދަ ހާލަތުގައި އަމަލުކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން ކޮންޓްރެކްޓުން ދެނެގަތުމާއި ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭގެ ލަފާގެ މަތިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ކުރިއަށްގެންދާނެ ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ބުނީ ވެކްސިން ދޭން ޖެހޭ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމެވެ. މީގެ އިތުރުން ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުމާއި ލޯ ރަތްވުން ފަދަ އަލާމަތްތައް ބައެއް މީހުންގެ ފަރާތުން ފެނެ އެވެ. މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910