ހަބަރު

ގެއްލިގެން ހޯދި ޒުވާނާ ފެނިއްޖެ

ގދ. ހޯޑެއްދޫން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 9:30 އެހާކަންހާއިރުން ފެށިގެން އެ ރަށުން ފިރިހެނަކު ގެއްލިގެން ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ގެއްލިފައިވާ މީހާގެ ފޮޓޯއެއް ވެސް ފުލުހުން ވަނީ އާންމު ކޮށްފަ އެވެ.

ހޯޑެއްދޫ ކައުންސިލުން ބުނީ އެ ރަށު ސަތަވަރީގެ އަލީ ޝަޒްވާން މުހައްމަދު އިއްޔެގެ ވަގުތަކުން ފެށިގެން ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު އާއިލާއިން އެ ކައުންސިލާ ހިއްސާކޮޮށްފައިވާ ކަމަށެވެ.

އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް އޭނާ ފެނިފައިވާ ކަމަށެވެ.