މޯލްޑިވްސް ޕޮލިސް ސާވިސް

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށި، ކިނާރާގެ، އަހުމަދު އަނިލް މުހައްމަދު (23އ) އެވެ.

ފުލުހުން ބުނީ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަނިލް މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގެ ހެނދުނު ފޯނުން ކަމަށް އޭނާގެ އާއިލާއިން ބުނެފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އަނިލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހެއް ހުރި ނަމަ ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.