އެމްއެންޑީއެފް

ކުޅުދުއްފުށިން ހަރުފައެއް ހިފައިފި

ހދ. ކުޅުދުއްފުށިން ފެނުނު ހަރުފައެއް ސިފައިން މިއަދު ހިފައިފި އެވެ.

ހަރުފަ ހިފައިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ސިފައިންނެވެ.

ހަރުފަ ފެނިފައިވަނީ ރާއްޖެއިން ބޭރުން ގެނައި ލަކުޑިތަކެއްގެ ތެރެއިންނެވެ. އެ ހަރުފައިގެ ދިގުމިނުގައި 42 އިންޗި ހުއްޓެވެ.

ސިފައިންގެ ޓީމެއް އެ ސަރަހައްދަށް ގޮސް ފުލުހުންނާ ގުޅިގެން ހަރުފަ ހިފުމުގައި ހަރަކާތްތެރިވި ކަމަށް ސިފައިން ބުނެ އެވެ.

ރައްޖޭގައި ދިރިނޫޅޭ ބާވަތްތަކުގެ ޖަނަވާރު ބޭރުން ގެންނަ ކޮންޓޭނަރުތަކުން ވަރަށް ގިނައިން ފެނެ އެވެ. ވަރަށް ފަހުން ވަނީ ގޮތް ނޭނގޭ ރެޕްޓައިލެއް ވެސް ކޮންޓޭނަރެއްގެ ތެރެއިން ފެނިފަ އެވެ. މި ފަދަ އެއްޗެތި ގެންދަނީ ސިފައިންގެ ބެލުމުގެ ދަށަށެވެ.