ކުޅުދުއްފުށީ އެއާޕޯޓް

ކުޅުދުއްފުށި އެއާޕޯޓުން ފުރަންދިޔަ މީހެއްގެ އަތުން ވަޒަނެއް ފެނިއްޖެ

ހދ. ކުޅުދުއްފުށި އެއާޕޯޓަށް ފުރަން ދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ކަމަށް ބުނާ އެއްޗެއް ފެނުނު މައްސަލައެއް ބަލަން ފަށައިފި އެވެ.

މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނީ މިމައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު ކަމަށެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މިމައްސަލަ ދަނީ ތަހުގީގުކުރަމުންނެވެ.