މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި އުޅޭ މީހަކު ގެއްލިގެން ހޯދަނީ

ހުޅުމާލޭގައި ދިރިއުޅޭ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި ގެއްލިގެން ހޯދަނީ ހއ. ހޯރަފުށި، ހީރާ، މުހައްމަދު ސާއިފް (30އ) އެވެ. އޭނާ އަކީ ހުޅުމާލޭ ފުލެޓް 35-2-205 ގައި ދިރިއުޅޭ މީހެކެވެ.

ފުލުހުން ބުނީ އޭނާގެ ހަބަރެއް ނުވެގެން ގެއްލިފައި ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އޭނާ އެންމެ ފަހުން ފެނިފައިވަނީ ރޭ 21:00 ހާއިރު ހުޅުމާލޭ ތިންވަނަ ފިޔަވަހިންނެވެ. ފުލުހުން ބުނީ އެއިރު އޭނާ ލައިގެން ހުރީ މަޑު ފެހިކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށެވެ.

ސައިފްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަން 9393351 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ދާދި ފަހުން މާލެ ސިޓީ ކައުންސިލުގައި މަސައްކަތްކުރާ ބަޔަކާއެކު ފިނޮޅަކަށް ދަތުރު ދިޔަ މީހަކު ވެސް ގެއްލިގެން ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ވެސް ވަނީ ފަށާފަ އެވެ. ނަމަވެސް އޭނާ އަދި ފެނިފައެއް ނުވެއެވެ.