ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ މއ. ބޯޅަކިންކިރިމާގެ، އަޙްމަދު އައިމަން (30 އ) އެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ އައިމަން އެންމެ ފަހުން ފެނިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.
އައިމަންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.