ސިނަ މާލެ ބްރިޖް

ހައިވޭއަށް ކުލަފާޓާތަކެއް ވެއްޓި މަގުގައި ކުލަ ލެވިއްޖެ

ކުލަފަޓާތަކެއް އަރުވައިގެން ހުޅުމާލެއިން މާލެއަށް އައި ޕިކަޕަކުން ގިނަ އަދަދެއްގެ ކުލަ ފާޓާތަކެއް މަގު މައްޗަށް ވެއްޓި މަގުގައި ކުލަ ލެވިއްޖެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ބްރިޖުން ފައިބައިގެން އައި ޕިކަޕް ލޮނުޒިޔާރަތް ޕާކާ ވީކޮޅަށް އަނބުރާލި ވަގުތު ޕިކަޕުގައި ހުރި ކުލަފާޓާތަށް މަގުމައްޗަށް ވެއްޓުނީ ކަމަށެވެ.

މީގެތެރެއިން ގިނަ އަދަދެއްގެ ފާޓާތައް ވެއްޓި ފަޅައިގެން ގޮސްފައިވާ ކަމަށްވެސް އެ މީހުން ބުންޏެވެ.

މިކަމުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެ އެވެ. ނަމަވެސް މަގަށް ގިނަ އަދަދެއްގެ ކުލަ އެޅިފައިވެ އެވެ.

ކުލަފާޓާތައް ނަގައި، މަގު ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އެބަދެ އެވެ.