މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދަމުންދިޔަ ނިހާލު ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ތ. މަޑިފުށި، ބޮންތި، ހަސަން ނިހާލު (34އ) ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ނިހާލު އިއްޔެގެ ވަގުތެއްގައި ފެނިފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އޭނާ ފެނުނީ ކޮން ތަނަކުން ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ނިހާލު ގެއްލިގެން ހޯދަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.