ހަބަރު

އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

Jan 23, 2020
ކުއްޖަކަށް ވެކްސިން ޖަހަނީ -- ސަލްވީން އަބްދުލް ހަމީދު | އަވަސް
0%
0%
0%

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސަށް ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިއްޔެ ޓެސްޓު ކުރި ނުވަ މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހިމަބިހި ޖެހިފައި ނުވާ ކަމަށާއި ނަމަވެސް މިއަދު ޓެސްޓު ކުރި ނުވަ މީހުންގެ ތެރެއިން ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ކޮން އުމުރުފުރައެއްގެ ބައެއް ކަމެއް އެޗްޕީއޭއިން ނުބުނެ އެވެ.

މި ދެ ކޭސްއާއެކު ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު ހައަކަށް ވަނީ އިތުރުވެފަ އެވެ.

ރާއްޖެއިން ހިމަބިހި ނުފެންނަތާ ނުވަ އަހަރު ފަހުން އެ ބަލި ނައްތާލާފައިވާ ކަމުގެ އެވޯޑު ދީފައި ވަނިކޮށް އަލުން އެ ބަލި މީހަކަށް ޖެހި ފެތުރެން ފަށާފައިވާ ކަން އިއުލާން ކުރީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގަ އެވެ. އޭގެ ފަހުން ގިނަ ބަޔަކަށް އަންނަނީ ވެކްސިން ދެމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910