އެޑްވަޓޯރިއަލް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިޕީޑީ ހިދުމަތް: ވަރަށް ތަފާތު!

Jan 27, 2020
3

ބަލި ވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރާ ތަނަކީ ތަނަވަސް ހިތް ފަސޭހަ ތަނަކަށްވުން ލާޒިމްވެ އެވެ. ހުޅުމާލޭގައި ހުޅުވާފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ މުޅި ހިދުމަތް ފަރުމާކޮށްފައި ވަނީ މި އަސާސްގެ މައްޗަށެވެ. މުޅި ހޮސްޕިޓަލުގެ ހުރިހާ ހިދުމަތް ތަކެއް ވެސް ފަރުމާކޮށްފައިވަނީ ފަރުވާތެރިކަމާއެކު އޯގާތެރި ހިދުމަތެއް ދިނުމަށެވެ. މިގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ އެންމެ ހާއްސަ އެއް ހިދުމަތަކީ އައިޕީޑީ އިންޕޭޝަންޓް ހިދުމަތެވެ. ނުވަތަ އެޑްމިޓް ކުރާ ބަލި މީހުންނަށް ދެވޭ ހާއްސަ ހިދުމަތް ތަކެވެ.

މި ހިދުމަތަަށް ފައްކާ ކޮށްފައިވާ އައިޕީޑީ ކޮޓަރިތަކުގައި އެ ކަމަށް ހާއްސަ އާލާތްތައް ހުރެ އެވެ. މި ހިދުމަތް ދެމުން ގެން ދަނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފަންގިފިލާ ތިނެއް، ހަތަރެއް އަދި ފަހެއްގަ އެވެ. މި ކޮޓަރިތަކުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ސިއްހީ ހިދުމަތްތެރިންގެ އަމާޒަކީ ބަލި މީހާ އަށް އުފާވެރި އަދި ރައްކާތެރި މާހައުލެއް ޔަގީންކޮށް ދިނުމެވެ.

ޓްރީ ޓޮޕުގެ މި ހިދުމަތް ދިނުމަށް ހަތް ކެޓަގަރީގެ ކޮޓަރި ހުރެ އެވެ. މި ކޮޓަރި ތަކަކީ:

ޖޫނިއަ ސުއީޓް

މި ކޮޓަރިތަކުގައި ވެސް ހަރަކާތްތެރި ވާނީ ތަޖުރިބާކާރު ސިއްހީ ހިދުމަތްތެރިންނެވެ. މި މީހުންގެ އަމާޒަކީ ބަލި މީހާއަށް އުފާވެރި އަދި ރައްކާތެރި މާހައުލެއް ގާއިމްކޮށް ހިދުމަތް ދިނުމެވެ.

ސުޕީރިއާ ޓްވިން

އައިޕީޑީ ކޮޓަރިތަކުގައި އެޑްމިޓްވާ ފަރާތް ތަކަށް ހާއްސަ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ. އެގޮތުން ގާބިލް ނަރުހުންގެ ޓީމެއް ބަލި މީހުންނާ ހަވާލުވެ 24 ގަޑިއިރު ހިދުމަތުގައި ތިބެ އެވެ. އަދި އެޑްމިޓްކުރެވިފައިވާ ބަލި މީހުންގެ ނާސްތާ ތައްޔާރު ކުރެވެނީ ތަޖުރިބާކާރު ޑައިޓީޝަނުގެ އިރުޝާދުގެ ދަށުން ހޮސްޕިޓަލުގެ ޝެފުންނެވެ.

ޑިލަކްސް ސިންގަލް

ރައްކާތެރި މާހައުލެއް ގާއިމްކުރުމަށާ އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ބާރު އެޅުމުގެ ގޮތުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ތަފާތު ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެގޮތުން މުއައްޒަފުންގެ ޔުނިފޯމްތައް ސާފު ތާހިރުކޮށް ބެހެއްޓުމަށްޓަކައި ލޯންޑަރީ ޓީމެއްގެ ބެލުމުގެ ދަށުން، ސްޓާފުންގެ ޔުނިފޯމް ދުވަހުން ދުވަހަށް ދޮވެ، މުވައްޒަފުންގެ ޑިއުޓީ ފެށުމުގެ ކުރިން ހަވާލު ކުރަމުން ގެންދެ އެވެ.

ސުއީޓް

"ހޭންޑް ހައިޖީން" އަށް ބާރު އެޅުމުގެ ގޮތުން ހޮސްޕިޓަލުގެ އިންޕޭޝަންޓް ކޮޓަރިތަކުގަ އާއި އައުޓްޕޭޝަންޓް ޔުނިޓުތަކުގެ އިތުރުން ހޮސްޕިޓަލުގެ އެޑް މިނިސްޓްރޭޝަން ޑިޕާޓްމަންޓްތަކުގައި "ހޭންޑް ސެނެޓައިޒާ" ހަރުކޮށްފައި ހުރެ އެވެ.

ވީއައިޕީ ސިންގަލް

އެޑްމިޓުވުމުން ފެށިގެން ހޮސްޕިޓަލުން ދޫކޮށްލުމާ ހަމައަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބިޒްނަސް އޮފީހުން 24 ގަޑިއިރު އެހީތެރިކަން ދެމުން ގެންދެ އެވެ.

ވީއައިޕީ ސުވިޓް

ޕްރެޒިޑެންޝިއަލް ސުއީޓް

ޓްރީ ޓޮޕް ހޮސްޕިޓަލުން، ފައިނޭންޝަލް ކައުންސެލިން އާއި އިންޝޫރަންސް އަދި އާސާންދަ އާއި މުއާމަލާތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން އަމާޒު ކުރަނީ ހުރިހާ މީހުންނަށް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށް ދިނުމެވެ.