ހަބަރު

އެންސީއޭގެ ކޯޑިނޭޓަރަކަށް މީރާ ހަމަޖައްސައިފި

Sep 1, 2015

ޔޫތް މިނިސްޓްރީގެ ދަށުން ހިންގާ، ނޭޝަނަލް ސެންޓަ ފޯދި އާޓްސް (އެންސީއޭ)ގެ ކޯޑިނޭޓަރެއްގެ ގޮތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ހަމަޖައްސައިފި އެވެ.

ޒުވާނުންގެ މެދުގައި މަގުބޫލު ލަވަތައް ހުށަހަޅައިދެމުން އަންނަ މީރާ ދާދިފަހުން ވަނީ ވެރިކަން ކުރާ ޕީޕީއެމްއަށް ސޮއިކޮށްފަ އެވެ. މީރާ ކޯޑިނޭޓަރަކަށް ހަމަޖެއްސީ އިއްޔެ ކަމަށް އެނގިފައިވެ އެވެ. އަދި މީރާ ބަލަހައްޓާނީ ދިވެހި އާޓިސްޓުންނާ ގުޅޭ ކަންކަން ކަން ވެސް އެނގިފައިވެ އެވެ.

އެންސީއޭގެ ކޯޑިނޭޓަރުންގެ ގޮތުގައި މިހާރު ވެސް ފިލްމީ ތަރި، އަބްދުﷲ މުއާޒު ހުންނަވަ އެވެ. މީގެ އިތުރުން ޔޫތް މިނިސްޓްރީގައި އިތުރު ހަތަރު ކޯޑިނޭޓަރަކު ތިއްބަވަ އެވެ.