ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާ ވައިރަސް: މަރުވި މީހުންގެ އަދަދު 490 އަށް

Feb 5, 2020

ބެއިޖިންގް (ފެބްރުއަރީ 5) - ޗައިނާ އިން އުފަންވެގެން ދުނިޔޭގެ ގިނަ ގައުމުތަކަށްވެސް މިހާރު ފެތުރިފައިވާ އާ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 490 އަށް އަރައިފި އެވެ.

އެ ވައިރަސް އުފަންވި ހޫބޭ ސަރަހައްދުން އިއްޔެ އެކަނިވެސް 64 މީހުން މަރުވެފައިވާކަން ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

މިއަދާ ހަމައަށް އެ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 24،000 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން އިތުރަށް ބުންޏެވެ.

ޗައިނާގެ ހޫބޭ ސަރަހައްދުގައި ތިބި އެކި ގައުމުތަކުގެ ރައްޔިތުން، އެ ގައުމުތަކުގެ ސަރުކާރުތަކުން މިހާރު އެތަނުން ނެރެފައިވާއިރު، ޗައިނާ އިން އަންނަ މީހުން އެތެރެވުންވެސް ގިނަ ގައުމުތަކުން ވަނީ މަނާކޮށްފަ އެވެ. ޗައިނާއިން ބޭރުންވެސް އެ ވައިރަސް ޖެހިފައިވާ މީހުން އަދިވެސް ފެންނަމުންދާއިރު، ފިލިޕީންސްގެ އިތުރުން ހޮންގްކޮންގް ގައި އެ ވައިރަސް ޖެހިފައިވާ ދެ މީހަކު ވަނީ މަރުވެފަ އެވެ.

ވައިރަހާ ގުޅިގެން ގައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމާއި މައުލޫމާތު ބަދަލުކުރުން އިތުރުކުރުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވަޏި ގޮވާލައިފަ އެވެ.