ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހަައްޔަރު ކޮށްފި

ހަ އަހަރުގެ އަންހެން ކުއްޖަކަށް 27 އަހަރުގެ ފިރިހެނެއް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގައި ތުހުމަތު ކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން މިއަދު ބުނީ، ހަ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ފުލުހުންގެ ހއ، ހދ، ޝ އަތޮޅު ހިމެނޭ ޑިވިޝަން އަށް ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެއީ ވެސް ހަމަ އެ ރަށުގެ މީހެއް ކަމަށް ފުލުހުން މަައުލޫމާތު ދިނެވެ.

އިތުރަށް ބުނީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ މަައްސަލަތަކަކީ ސީރިއަސްކޮށް ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ. އަދި، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ގޯނާގެ މައްސަލަތަކުގައި ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރަނީ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގަތުން ކަމަށެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް މިފަހުން ވަަނީ ގިނަ ގިނައިން ފެންމަތިވާން ފަށާފަ އެވެ. މީގެ ތެރޭގައި ފަސް އަހަރު ނުފުރޭ ކުޑަކުދިންގެ މައްސަލަތައް ވެސް ހިމެނެ އެވެ.