ހަބަރު

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ރާާއްޖޭގެ އުތުރުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގެ 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށ ހިންސޯ ގޯނާ ކުރި މައްސަލައެއް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިއަދު ހެނދުނު ނުވައެއް ޖަހާކަށް ހާއިރު، 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނެނީ ނ. އަތޮޅާއި، ރ. އަތޮޅާއި، ބ. އަތޮޅާއި، ޅ. އަތޮޅުގެ ރަށްތަކެވެ. ކުޑަކުދިންގެ މައްސަލަތަކުގައި މައްސަލަތަކުގައި ހިމެނޭ ކުއްޖާގެ އަތޮޅާއި ރަށް ހާމައެއް ނުކުރެ އެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖެއްގެ ކާފަ އާއި މުނި ކާފަ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައަށް ފަހުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އިތުރު މައްސަލަތަކެއް އަންނަނީ ތިލަވަމުންނެވެ.