ހަބަރު

ބިދޭސީއަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްފި

ރާއްޖޭގައި އުޅޭ ބިދޭސީއަކު ދިވެހި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ވެގެން ހައްޔަރު ކޮށް ތަހުގީގެއް ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ، ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ކޯޓު އަމުރުގެ ދަށުން މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރި ބިދޭސީ މީހާއަށް ވަނީ 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ. ހައްޔަރު ކުރި ބިދޭސީ މީހާއަކީ ބަނގުލަދޭޝްގެ 40 އަހަަރުގެ ފިރިހެނެކެވެ.

ޖިންސީ ގޯނާގެ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭ ފުލުހުންގެ ޑިވިޝަން އަށެވެ.